ރާއްޖޭގައި ނެށުމަށް މަޝްހޫރު ވެފައިވާ ކަމަދޫ ޒާރާ ސަން ޝިޔާމް އާއި ކައިވެނި ކުރުމަށް ނިންމައިފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ރާއްޖޭގައި މިވަގުތު އެންމެ މަޝްހޫރު އެއް ތަރި ކަމަށް ވާ ޒާރާ ސަން ޝިޔާމް އާއި ކައިވެނި ކުރުމަށް ހަމަ ޖެހިފައި ވަނީ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާގައެވެ. އަދި ކައިވެނި ކުރުން ހަމަޖެހިފައި ވަނީ ސަން ޝިޔާމްގެ އެންމެ ފޭވްރިޓް ރިސޯޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކަމަދޫ ޒާރާ އަކީ 21 އަހަރުގެ ކުއްޖެކެވެ. މި ކައިވެނި ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައި ވަނީ ސެޓޭޓިކް އިއްސެ ކަމަށާއި، "ރަނުގެ" ގޮތުގައި، ޒާރާގެ ދައްތަ އަށް ކަމަދޫގައި ގެސްޓު ހައުސް އެއް އަޅައި ދިނުމާއި، ޒާރާގެ އާއިލާއަށް ގެސްޓް ހައުސް އެއް އަޅާދިނުން ހިމެނޭ ކަމަށް ކަމަދޫގައި ވާހަކަ ވަނީ ފެތުރިފައެވެ.
އެހާ ޒުވާން ކުއްޖަކު އުމުރުން އެހާ ދުވަސްވީ މަހުޖަނަކާއި ކައިވެނި ކުރުމަށް ތައްޔާރުވެފައިވާތީ، ކަމަދޫގައި އެކަމާއި ގުޅިގެން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ކަމަދޫގެ ނަށުމުގައި ހަރަކާތްތެރިވާ ކުދިންތައް، އުއްޗު ވަނީ އޭނާގެ ރިސޯޓަށް މީގެ ކުރިން ގެންގޮސް ފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އުއްޗުއަށް ޒާރާ ކާމިޔާބު ކުރުމަށް ވަނީ ނުކުޅެދިފައެވެ. އުއްޗުއަށް ޒާރާ ހާސިލް ނުވެވިގެން އުޅެނިކޮށް، ޒާރާ ސަން ޝިޔާމް އާއި ކައިވެނި ކުރުމަށް ނިންމި ނިންމުމަކީ ފާހަގަ ކޮށްލެވޭ މުހިންމު ކަމެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޒާރާ އާއި އޭނާގެ ދައްތަ ވަނީ ދާދި ފަހުން ސަންޝިޔާމުގެ ރިސޯޓަކަށް ދަތުރު ކޮށްފައެވެ. އަދި ޝިޔާމް ވަނީ ކަމަދޫ އަށް ދަތުރު ކޮށްފައެވެ. ބެލެވޭ ގޮތުގައި މިއީ ވަލީ ހޯދުމަށް ކުރި ދަތުރެކެވެ. މި ދަތުރުގައި ކަމަދޫގެ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ސަން ޝިޔާމް ފޯރު ކޮށްދިން ކަމުގައި ވެއެވެ.