ޚަބަރު

ދިރާގުގެ ހިއްސާ ޗައިނާއާއި ބަހުރެއިންގެ ކުންފުންޏަކަށް ވިއްކާލުމުގެ މަޝްވަރާތައް މުއިއްޒު ކުރިއަށް ގެންގޮސްފި! ޤައުމު ނުހިންގިގެން، ޤައުމުގެ ހަރުމުދާ ވިއްކާ ހިސާބަށް ހާލަތު ވަނީ ގޯސްވެފައި!

ދިޔަވަރު
ދިރާގުގެ ހިއްސާ ޗައިނާއާއި ބަހުރެއިންގެ ކުންފުންޏަކަށް ވިއްކާލުމުގެ މަޝްވަރާތައް މުއިއްޒު ކުރިއަށް ގެންގޮސްފި! ޤައުމު ނުހިންގިގެން، ޤައުމުގެ ހަރުމުދާ ވިއްކާ ހިސާބަށް ހާލަތު ވަނީ ގޯސްވެފައި!

ދިވެހި ސަރުކާރުގެ ދިރާގުގެ ހިއްސާ ޗައިނާ އާއި ބަހުރެއިންގެ ކުންފުންޏަކަށް ވިއްކާލުމަށް މުއިއްޒު މަޝަވަރާތައް ކުރިއަށް ގެންގޮސްފި ކަމަށް މުއުތަބަރު ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފިއެވެ. ބަހުރެއިން އާއި ވާހަކަ ދައްކާފައި ވަނީ ދާދި ފަހުން ފޮރިންގ މިނިސްޓަރ ބަހުރެއިން އަށް ކުރެއްވި ދަތުރުފުޅުގައެވެ. ޗައިނާގެ ކުންފުނިތަކަކާއި އެ މަޝްވަރާ ކޮށްފައި ވަނީ ސަރުކާރުގެ އިސް ވެރިން ތަކެކެވެ.

މުއިއްޒަށް ޤައުމު ނުހިންގިގެން ޤައުމުގެ ޚަރުމުދާ ވިއްކާ ހިސާބަށް އިޤްތިޞާދީ ހާލަތު ގޮސްފައި މިވަނީ އިންތިހާއަށް، ސިޔާސީ މުއައްޒަފުން އިތުރުކޮށް، ޤައުމުގެ ޑޮލަރުގެ ބޭނުން ކުރެވޭ ރިޒާވް ހުސްވަނީ ކަމަށް އެމްއެމްއޭއިން ސިއްރު ސިޓީއެއް ސަރުކާރުގެ ބައެއް ކުންފުނިތަކަށް ފޮނުވާފައި ވަނިކޮށެވެ.

ވެރިކަން ކުރަން ނޭނގި، ދައުލަތަށް ބޭނުންވާ ފައިސާ ހޯދަން ނޭނގި، ގައުމުގައި ހުރި ހަރު މުދާ ތައް ވިއްކަން ފެށުމަކީ އެންމެ ނާގާބިލު ވެރިން ތާރީޚުގައި ކޮށްފައިވާ ކަންކަމެވެ. މި ގޮތުން، ދިރާގުގެ ސަރުކާރުގެ ހިއްސާ އަކީ ސަރުކާރުގެ ހަރު މުދަލެކެވެ. މުއިއްޒު ދަނީ ރާއްޖޭގެ ހަރުމުދާ ޗައިނާއަށް ހަދިޔާކޮށް އަދި ވިއްކަމުންނެވެ.

ސަރުކާރަށް ފައިސާ ނުލިބިގެން ބޭރުގެ ގައުމުތަކުގައި ސަލާން ޖަހަމުން ދާއިރުވެސް އެއްވެސް އެހީ އެއް ނުލިބިގެން އުޅެނީ، މުއިއްޒުގެ އިޤްތިޞާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ނެވެ. އެއްވެސް އިޤްތިޞާދީ ސިޔާސަތެއް ނެތި ބޭރުގެ ޤައުމުތަކަށް ތިމަންނާމެންނަށް އެހީތެރިވުމަށް ކަމަށް ބުނެ ދަތުރު ކުރިއަސް އެއިން ބޭރުގެ އެހީއެއް ރާއްޖެއަކަށް ނުލިބޭނެވެ.

މުއިއްޒުގެ ސަރުކާރަށް އިތުބާރު ކުޑަވެގެން ފިޗުން ވަނީ އެމީހުންގެ ރޭޓިންގވެސް ރާއްޖެއަށް ދަށް ކޮށްފައެވެ.

ޗައިނާއިން ބޭނުން ކަމެއް ކޮށްދީގެން މި ސަރުކާރުން އުޅޭ އިރު ޚުދު ޗައިނާއިން ވެސް މުއިއްޒުގެ ޚަރުދަނާ އިޤްތިޞާދީ ޕޮލިސީއެއް ނެތުމުން ސަރުކާރަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭކަށް ބޭނުން ނުވެއެވެ. ކުޑަމިނުން ލޯނުތައް ރީސްޓްރެކްޗަރ ކޮށްވެސް ނުދިނެވެ.

މިހާރު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެންމެ ބޮޑު. އަދަދަކަށް ކޮންމެ މަހަކު ޑޮލަރު ޚަރަދު ކުރަން ޖެހިފައިވަނީ ބޭރުގައި ތިބި ސިޔާސީ މަގާމުތަކަށެވެ. ބައެއް އެމްބަސީ ތަކުގެ މަގާމު ދެގުނަ ވެފައިވާއިރު، 6 ގުނަ އަށް މީހުން އިތުރުވި އެމްބަސީތައް މިހާރު އެތައް ގުނައެއް އިތުރެވެ.