ޚަބަރު

އިޒްރޭލު ޕާސްޕޯޓު މުއިއްޒުއަށް މަނާ ކުރެވޭނެ, އެއީ މަޖިލީހާ ގުޅުން އޮތް ކަމެއް ނޫން: ރައީސް ޔާމިން

ދިޔަވަރު
އިޒްރޭލު ޕާސްޕޯޓު މުއިއްޒުއަށް މަނާ ކުރެވޭނެ, އެއީ މަޖިލީހާ ގުޅުން އޮތް ކަމެއް ނޫން: ރައީސް ޔާމިން

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ޚާރިޖީ ސިޔާސަތުގެ ބައެއްކަމަށާ އެއީ މަޖިލީހުގެ މަސައްކަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިފާޅުވެފައިވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވަމުްނ ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދަ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަށް ސަރުކާރުން ކަންކަންކުރަމުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ޚާރިޖީ ސިޔާސަތުގެ ބައެއްކަމަށާ އެއީ މަޖިލީހުގެ މަސައްކަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ އެންމެ މަތީ ފަރާތަކީ ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާ. މީގެ ކުރިންވެސް ހުންނާނީ ޕްރެޒިޑެންޝިއަލް ޕްރޮކްޓިވްގެ ދަށުން މިކަންކަން ކޮށްފަ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން މަޝްވަރާ ކުރަން ޖެހޭ ކަމެއް ނޫން. އެކަން ނިންމަވާފަ މަޖިލީހަށް ފޮނުވިދާނެ ތިމަންނަ ނިންމެވީ މިވެނި ސަބަުތަކަށްޓަަކއޭ. އެއީ ދެން ޕޮލައިޓު ގޮތެއް، ގޮވަނާރސްގަ ރަގަޅު ގޮތެއް. އެކަމު އެއީކީ ޚާރިޖީ ސިޔާސަތު ކަނޑއެޅުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން އިނގޭތޯ. އެހެންވީމަ އެކަމުގައި ވެސް އެއޮތީ ރައްޔިތުންނަށް އޮޅުވާލާފައި

ރައީސް ޔާމިން ވިދާޅިވިއެވެ.

ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުން މަޖިޅިހާ ޖާމިނުނުކޮށް ސަރުކާރުގެ އެނިޔަތް ނެތިއްޔާ އެކަން ހާމަކުރުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް 200 އެތައް ދުވަހެއް މިހާރު ފާއިތުކޮށްފައެވެ.