ރައީސް މުއިއްޒު ވަނީ، ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި، ޔޫތު މިނިސްޓަރ އަސްވާޑް ބަގު ކޮށް، އެމީހުންނާއި ގޭންގު ތަކާއި ގުޅުން އޮންނަ ކަމަށް ބަލައި ހެކި ހޯދައި، ޖިނާއީ ދައުވާ ކުރެވޭ ވަރަށް މައުލޫމާތު އެއްކޮށްފައި ކަމަށް ރައީސް އޮފީހުން އެކަމުގެ މައުލޫމާތު އެނގޭ ފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ހިއްސާ ކޮށްފިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްވާޑު އާއި، ފައިސަލްގެ އާއި ގުޅޭ ގޮތުން މުއިއްޒު އެއްކޮށްފައިވާ މައުލޫމާތު ތަކަކީ އެމީހުންނާއި ގޭންގުތަކާއި ގުޅުން އޮތް މިންވަރެވެ. މި ގޮތުން ބައެއް ގޭންގުތަކާއި އެކު ދައްކާފައިވާ ވާހަކަތައް، ލިޔުމުން މުއިއްޒު އަތުގައި ހުރިކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ދެ މިނިސްޓަރުންގެ މައުލޫމާތު އެވަރަށް ހޯދާފައިވަނީ، އެމީހުންގެ ކޮންޓްރޯލް އަދި އެ ދެ މިނިސްޓަރުންގެ މައްޗަށް ލެވަރޭޖް ހޯދުމަށް ކަމަށް ބެލެވެއެވެ. ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި ގޭންގުތަކާއި އޮތް ގުޅުން ދެނެގަތުމަށް ބަގު ކޮށް، ޖާސޫސު ކޮށްފައިވަނީ، އަބްދުއްރަހީމް (އަދުރޭ) އަށް ވެސް މުއިއްޒު ފުރިހަމައަށް އިތުބާރު ނުކުރާތީ ކަމަށް ބެލެވެއެވެ.
ގޭންގުތަކަކީ ކޮބައިކަމާއި ގޭންގު މެންބަރުންނަކީ ކޮންބައެއްކަމާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފަސް މެންބަރުންގެ ހާއްސަ ކޮމެޓީއަކުން ކަމަށް، މަޖިލީހަށް ހުށަހެޅުމަށް މުއިއްޒު ތައްޔާރުވަމުންދާ ޑްރާފްޓު ބިލުގައި ހިމަނައިފި އެވެ. މި ކޮމިޓީ ކަނޑައަޅާނީ މުއިއްޒު ބޭނުންވާ މީހުން ހިމަނައިގެންނެވެ. އެހެންކަމުން، ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި، ޔޫސް މިނިސްޓަރ އަސްވާޑު ގޭންގު ތަކާއި ގުޅުން އޮންނަ ބައެއް ކަން މުއިއްޒު ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި ކަނޑައެޅުމަކީ އެކަށީގެންވާ ކަމެކެވެ.
މި ތިން މިނިސްޓަރުންނާއި ގުޅޭ މައުލޫމާތު ހޯދުމަށް، މުއިއްޒުގެ އެންގުމަށް އެމީހުން ދިރިއުޅޭ ތަންތަނާއި، މީހުންނާއި ބައްދަލުވާން ދާ ތަންތަނަށް ބަގު ކޮށް، މީހުން ފޮނުވައި، ދައްކާ ވާހަކަ އަޑު އަހާއިރު، އެހެން މިނިސްޓަރުންނަށްވެސް މުއިއްޒު ފާރަ ލާނެ ކަމަށް ބެލެވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ހުރިހާ މިނިސްޓަރުންގެ ފޯނު ކޯލުތައް މުއިއްޒު ދަނީ އަޑު އަހަމުންނެވެ.
ޝަހީމް ވެރިކަމަށް އައުމަށް ބޭނުންވާ ކަމަށް ބަލައި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަންގެ ކޮޓަރި ބަގު ކޮށް މުއިއްޒު ވަނީ އެކި ވާހަކަތައް އަޑު އަހާފައެވެ.
އަހުސަން އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމުގެ އެންމެ އަރިސް އެކަކެވެ. އެގޮތުން މިނިސްޓަރާއެކު ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެ ދަތުރުތަކުގައި އެކުގައި ދާ ޓީމުތަކުގައި ވެސް އަހުސަން ހިމެނެ އެވެ.