އެމްޓީސީސީ ސީއީއޯ ޒިޔާދު އޭނާގެ މަގާމުން ވަކިކޮށް އެހެން ފަރާތެއް އެ މަގާމަށް އައްޔަން ކުރުމަށް މުއިއްޒު ނިންމައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޒިޔާދު ވަކި ކުރުމުގެ ސިޓީ، މިހާރު ފޮނުވައިފިއެވެ. އަދި އާ ސީއީއޯ އެއް ގޮތުގައި ސައުދީ ވަނީ އައްޔަން ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
އެމްޓީސީސީ އަށް ފާއިތުވި އަހަރު ތަކުގައި އައްޔަން ކުރި މީހުންގެ ތެރެއިން އެންމެ ނާގާބިލު ސީއީއޯ އިންގެ ތެރޭގައި ޒިޔާދު ހިމެނެއެވެ. މި ސަރުކާރުގެ ގިނަ ކުންފުނި ތަކަށާއި، މިނިސްޓްރީ ތަކަށް އައްޔަން ކޮށްފައިވަނީ މަގާމު އަދާ ކުރުމުގެ ގާބިލު ކަން ނެތް ފަރާތްތަކެވެ.
އެމްޓިސީސީ ސިއީއޯ ޒިޔާދު ވަކި ކުރަން މުއިއްޒު ނިންމުމުގެ ކުރިން، ބާރަށު ދާއިރާގެ މަޖިލީސް މެމްބަރު، އޭނާ ފައިސާ ދޫކުރުމަށް އެދިފައިވާ ކުންފުނިތަކުގެ ލިސްޓް ސޯޝަލް މީޑިޔާއަށް ހާމަ ވެއްޖެ ނަމަ، ޒިޔާދު މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވިފައި ވެއެވެ.
އެމްޓީސީސީ ވަނީ ކޮންޓެކްޓަރުންނަށް ދޭންޖެހޭ ފައިސާ ހަމައަށް ނުދީ އެތައް މިލިއަނަކުން ކޮންޓްރެކްޓަރުންނަށާއި، ސަޕްލަޔަރުންނަށް ދަރާފައެވެ.