ޚަބަރު

ޗައިނާއަށް ގޮސް، ތާނައިން އިނގިރޭސި ލިޔެގެން، އެ ބަލައިގެން އިނގިރޭސި ބަހުން، އަދުރޭ ވާހަކަ ދައްކައި، ދިވެހި ޤައުމު ލަދު ގަންނަވާލައިފި

ދިޔަވަރު
ޗައިނާއަށް ގޮސް، ތާނައިން އިނގިރޭސި ލިޔެގެން، އެ ބަލައިގެން އިނގިރޭސި ބަހުން، އަދުރޭ ވާހަކަ ދައްކައި، ދިވެހި ޤައުމު ލަދު ގަންނަވާލައިފި

ޗައިނާއަށް ގޮސް، ތާނައިން ލިޔެގެން އެ ބަލައިގެން އިނގިރޭސި ބަހުން އަދުރޭ ވާހަކަ ދައްކައި، ދިވެހި ޤައުމު ލަދު ގަންނަވާލައިފިއެވެ.

އަދުރޭ ތާނައިން ލިޔެގެން ދެއްކެވި ވާހަކައިގެ ކާޑުތައް ދިޔަވަރު ނޫހަށް މިހާރު ވަނީ ލިބިފައެވެ. ތިރީގައި މިވަނީ ފުރަތަމަ ކާޑެވެ.

ލީކު ވެފައިވާ އަދުރޭގެ "ތަގުރީރުގެ" ކާޑު ތަކުގައި، އަދުރޭ ބަލަން ޖެހޭ ދިމާލާއި، ހަރަކާތްތައް ގެންގުޅެންވީ ގޮތް ވެސް ކިޔާ ދީފައި ވެއެވެ. އަދުރޭ ވަނީ މި "ތަގުރީރު" ދިނުމަށް 3 ހަފްތާ ވަންދެން އިނގިރޭސީ ބަހުގެ ކޯއްޗެއް ގެނެސް ފަރިތަ ކުރުންތައް ބާއްވާފައެވެ. މި ފަރިތަ ކުރުންތަކާއި އެކު އަދުރޭގެ "ތަގުރީރު" އޭނާގެ ދަރި، ޓުއަރިޒަމް މިނިސްޓަރ ފައިސަލް ގެ ވާހަކަ ދެއްކުން ތަކަށް ވުރެ ރަނގަޅު ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

އަދުރޭ އަކީ ސާނަވީ އެއްވެސް ތައުލީމެއް ނެތް މީހެއް ކަމުގައި ވީ ނަމަވެސް، މުއިއްޒުގެ ސަރުކާރުގައި މަޖިލީހުގެ ރައީސް އެވެ. މަޖިލީހުގެ ނާއިބް ރައީސް އަކަށް ހުންނެވި އަހްމަދު ނާޒިމް އަކީ ތައުލީމް އުނގެނިގެން ހުންނެވި ބޭފުޅަކަށް ވިއަސް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލް ކުރުމަށް ދަނީ އިލްމެއް ނެތް، އިނގިރޭސީއެއް ނުދަންނަ، އެސްޓީއޯއިން ޓިނު ވަގަށް ނަގައިގެން އަރުވާލާފައިވާ އަބދުއްރަހީމް (ޓިނު އަދުރޭ) އެވެ.

މި ހިނގަމުންދާ މުއިއްޒުގެ ވެރިކަމުގައި، ބޭރު ދުނިޔޭގައި، އަބދުއްރަހީމްގެ ދަރި ފައިސަލް ދިވެހި ރާއްޖެ އެތައް ފަހަރެއްގެ މަތިން ލަދު ގަންނަވާފައި ވާއިރު، ނާއިބް ރައީސް އާއި، އަބްދުއްރަހީމް މިހާރު ވަނީ ދިވެހިން ބޭރުގައި ލަދުގަންވާލި މީހުންގެ ލިސްޓަށް އިތުރުވެފައެވެ.