ޚަބަރު

މުއިއްޒުގެ އަމުރަށް، އެމްއެމްއޭ އިން ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްނުވާކަމަށް ބުނެ ދޮގު ބަޔާނެއް ނެރެފި

ދިޔަވަރު
މުއިއްޒުގެ އަމުރަށް، އެމްއެމްއޭ އިން ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްނުވާކަމަށް ބުނެ ދޮގު ބަޔާނެއް ނެރެފި

ރާއްޖޭގައި ހުރި ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްވުމާއި ގުޅިގެން ރާއްޖޭގެ އެންމެ މަގުބޫލު ނޫސް "އަދަދުން" އެކަން ރިޕޯޓް ކުރުމާއި ގުޅިގެން އެމްއެމްއޭއިން ދާދި ދެއްމެއަކު ރިޒަރވް ހުސްނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ނެރެފިއެވެ. މި ގޮތަށް ދޮގު ބަޔާނެއް ނެރުމަށް އަންގާފައި ވަނީ ރައީސް ޑރ. މުއިއްޒު ކަމަށް އެމްއެމްއޭ ތެރެއިން މައުލޫމާތު ލިބެއެވެ.

ބަޔާން ނެރުނު އިރު، ބަޔާނުގައި މިއަދު ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާރވް ގައި ހުރިވަރު ސަރުކާރުން ހާމަ ކޮށްފައި ނުވަނީވެސް، ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްވެފައިވާތީއެވެ. އެންމެ ޑޮލަރެއް އިން ނަމަވެސް މިއަދު އަދި މިހާވަރަށް ބޭނުން ކުރެވޭ ރިޒަރވް ގައި ޑޮލަރު ހުރި ކަމަށް ސަރުކާރުން ބުނާނެއެވެ.

އެމްއެމް އޭގެ މުއައްޒަފަކު ދިޔަވަރު ނޫހަށް ވަނީ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް އެއްކޮށް މިއަދު ހުސްވެފައިވާ ކަން ކަށަވަރު ކޮށްފައެވެ.

ރިޒާރވް އެކުލެވިގެންވަނީ ގިނަ ބައިތަކަކުންނެވެ. މިއަދު ދުވަހުގެ ހިންގުމުގެ އެކައުންޓުގައި ބާކީއެއް ނެތެވެ. ނަމަވެސް އެސްޑީއާރު (SDR) ގައި އަދި ބޭރުގައި ބަހައްޓާފައިވާ އެހެނިހެން ރިޒާރވްތަކުގައި ކުޑަ އަދަދެއް ހުރެދާނެއެވެ. އެސްޑީއާރު އަކީ ސްޕެޝަލް ޑްރޯވިންގ ރައިޓްސް އެވެ. މިއީ ބައިނަލްއަޤްވާމީ ރިޒާރވް އެސެޓެކެވެ. ނަމަވެސް ރާއްޖޭގައި ބޭނުން ކުރެވޭ ގޮތަށް ހުރި ޑޮލަރުގެ ރިޒަރވް އެއްކޮށް ވަނީ ހުސްވެފައެވެ.

މުއިއްޒުގެ ވެރިކަމަށް 9 މަސް ވީއިރު، ބޭނުން ކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްކޮށްލި އިރު، ވެރިކަމަށް ވަޑައިގެން އިރު 100 މިލިއަން ޑޮލަރު ބޭނުން ކުރެވޭ ރިޒަރވް ގެ ގޮތުގައި ހުއްޓެވެ.