ޚަބަރު

ޑެންގޫ އަށް ޕޮޒިޓިވްވެފަ ހުރެގެން އީވާ މަޖިލީހަށް ހާޒިރުވި!

ދިޔަވަރު
ޑެންގޫ އަށް ޕޮޒިޓިވްވެފަ ހުރެގެން އީވާ މަޖިލީހަށް ހާޒިރުވި!

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، މި އަދަދު ޖަލްސާއެއް ބާއްވައި އެ ގަރާރު ވަނީ އެޖެންޑާކޮށް މެމްބަރުންނަށް އަންގައިފަ އެވެ.

ނަމަވެސް، މިދިޔަ ހަފްތާ އިން ފެށިގެން އީވާ އާލާސްކަންފުޅާ އުޅުއްވާ އިރު، މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭކަން އަންގަވައި، މިއަދު ހެނދުނު ސަލާމް ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޑެންގޫ އަށް ޕޮޒިޓިވް ކަމަށް ހުށަހެޅުއްވި ރިޕޯޓުގައި އޮތް ތާރީހަކީ މި މަހުގެ 23 ވަނަ ދުވަހެވެ. އޭގެ ޖެހިގެން އައި ދުވަހު ޑެންގީ ޖެހިގެން ހުރެ މަޖިލީހަށް ހާޒިރު ވެފައިވެއެވެ.

"ޑެންގޫ އަށް ޕޮޒިޓިވްވެފަ ހުރެގެން އެ ދުވަހު ރިޔާސަތުގަ ވެސް އިންނެވީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ ގަސްތުގައި ޖަލްސާއަށް ވަޑައިނުގެން ރިޔާސަތަށް ފިއްލެވީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު ނަޝީދާއި އޭނާގެ ކޮއްކޮ މަޖިލީސް ހިސާރުކޮށްގެން ދަޢުލަތުގެ ބާރެއް ހުއްޓުވައިގެން އުޅޭ އުޅުމާއި ގުޅިގެން ރައްޔިތުންގެ ނުރުހުން އެއާއިލާއަށް ދަނީ ލިބެމުންނެވެ.