ޚަބަރު

‏ޕީޖީ ސްޓާފުން ޝަމީމްއަށް ދިނީ ރެޑް ކާޕެޓް ފެއާވެލްއެއް, ޝަމީމްއަަށް ތައުރީފް އޮހެނީ!

ދިޔަވަރު
‏ޕީޖީ ސްޓާފުން ޝަމީމްއަށް ދިނީ ރެޑް ކާޕެޓް ފެއާވެލްއެއް, ޝަމީމްއަަށް ތައުރީފް އޮހެނީ!

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން މިރޭ މަގާމުން އިސްތިއުފާދެއްވި ޕީޖީ ހުސައިން ޝަމީމަށް ރަތް ދޫލައިގެ ވަދާއުއެއް ކިޔައިފިއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުން ރަތް ދޫލައިގެ ވަދާއުއެއް ޕީޖީ ޝަމީމަށް ކިޔާފައި ވަނީ ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

އެ މައްސަލަ ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ޝަމީމް ވަކިކުރަން މިރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި ޝަމީމް އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

ޕީޖީގެ މަގާމުން ވަކިކުރަން އުޅެނީ އެއްވެސް އަސާސެއް ނެތް ޖަވާބުދީ، ބާވެފައި އޮތް ތުހުމަތުތަކެއް ދައްކާފައި ކަމަށާއި އެކަން ކުރަން އުޅެނީ ނާޖާއިޒު ނުފޫޒު ނުފޯރުވޭނެ އިދާރާއެއް އުފެއްދުމުން ކަމަށް ޝަމީމް ވަނީ ކުރިން ވިދާޅުވެފައެވެ.

ޝަމީމު އިސްތިއުފާ ދެއްވާފައި ވަނިކޮށް, އަދި އެ މަގާމް ހުސްވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިހުން އޭނާ މަގާމުން ވަކިކުރުމުން, ގިނަ ބަޔަކު ދަނީ ރައްޔިތުންގެ މަޖީހަށް ފާޑު ކިޔަމުންނެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ, އަބުދުއްރަހީމްގެ ދަނބިދަރިއަކަށް އެމަގާމް ދިނުމަށްކަމަށް ބުނެ, އެއީ ޝަމީމުގެ މައްޗަށް މަޖިލިސް ރައީސް އަބުދުއްރަހީމް ފިލުވާލި ޒާތީ ހަސަދައެއްގެ ގޮތުގައިވެސް މަޖިލިހުގެ މިރޭގެ ނިންމުން ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

ޝަމީމު ފާހަގަ ކުރެވިގެން ދިޔައީ, ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ޕީޖީ އޮފީސް ހިންގެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މައުލޫމާތު ހާމަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ, އޭނާ ވަނީ ބޮޑެތި ގިނަ މައްސަލަތަކުގައި އިންސާފްވެރިކަމާއެކު ފައިސާލާކުރުމަށް އިސްކަމެއް ދެއްވާފައިވަކަމަށް ފާހަގަކޮށް, ގިނަބައެއްގެ ތައުރީފް ޝަމީމަށް އޮހެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ހަމަ އެއާއެކު, މިރޭ ޕީޖީ ކަމުން އިސްތިއުފާ ދެއްވުމަށްފަހު, ޕީޖީ އޮފީހުގެ މުވައްޒަފުން ޝަމީމަށް ކީ ރަތް ދުލައިގެ އަލްވަދާޢުއިން, ޕީޖީގެ މުވައްޒަފުންގެ މެދުގައި އޭނާ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ މަޖިލީހުން ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.