ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ސަރުކާރުން ގެންނަން އުޅޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަނބިދަރިފުޅެއް ކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި, މަޖިލިސް ރައީސް އަބުދުއްރަހީމް ޕީޖީކަމަށް އޭނާގެ ދަނބި ދަރިއަކު އައްޔަން ކުރުމަށް މަސަައްކަތް ކުރަމުންދާއިރު, ރައީސް އޮފީހުން ވަޒީފާ ދީފައިވާ, ކުރީގެ ޕީޖީ މުހުތާޒު މުހުސިންވެސް ދަނީ ޕީޖީ މަގާމް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެެހެންނަމަވެސް, އަބުދުއްރަހީމް ނިންމުމަކާ ދެކޮޅު ހެއްދެވުމަށް މުއިއްޒުއަށް ކެރިވަޑައި ނުގަންނަވާނެތީއާއި, އަދި މަޖިލިހުގައި އަބުދުއްރަހީމް ބޮޑު މެޖޯރިޓީއެއް ހިފަހައްޓަމުން ގެންދާތީ, އާ ޕީޖީކަމަށް އައްޔަން ކުރާނީ އަބުދުއްރަހީމްގެ ދަނބިދަރިފުޅުކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލުމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ, އަބުދުއްރަހީމްއަކީ އެމަނިކުފާނުގެ ރޯލް މޮޑެލްކަމުގައެވެ. އަދި މުއިއްޒު ވަނީ އަބުދުއްރަހީމްގެ ދަރިންނަށާއި, ދަނބި ދަރިންނަނަށާއި, ދަރިންގެ ބަފާބެއިންނަށްވެސް ސަރުކާރުގެ އެންމެ އިސް މަގާމްތައް ދީފައެވެ. އަދި އަބުދުއްރަހީމަށްވަނީ މަޖިލިސް ރައީސްކަންވެސް ދީފައެވެ.
އެހެންނަމަވެސް, އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް އަބުދުއްރަހީމްއަކީ 12 ގަޑު ޓިނު ވަގަށް ނަގައިގެން އަރުވާލި މީހެކެވެ. އަދި އޭނާއަކީ ރާއްޖޭގަ ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީގެ ވައްކަމުން އެންމެ ގިނައިން ފައިސާ ހޯދި އެކަކުކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.