ޚަބަރު

ނައިބު ރައީސް ސެމްބެގެ ވަރުގަދަ މެސެޖެއް މުއިއްޒުއަށް: އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ދެކެވަޑައި ނުގަންނަވާތި!

ދިޔަވަރު
ނައިބު ރައީސް ސެމްބެގެ ވަރުގަދަ މެސެޖެއް މުއިއްޒުއަށް: އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ދެކެވަޑައި ނުގަންނަވާތި!

އެއްވެސް ކަމަކަކީ އަބަދަށް ދާއިމަށް ތިމާގެ ހައްގެއްކަމަށް ދެކެވަޑައި ނުގެންނެވުމަށް ވިދާޅުވެ, ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ރައީސް މުއިއްޒުއަށް ވަރުގަދަ މެސެޖެއް ރައްދު ކުރައްވައިފިއެވެ.

ސެމްބެ މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ, ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި, އަދި އެއީ ދުނިޔޭގެ އާދަ ކަމުގައެވެ. އެގޮތުން އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ޤަދަރާއި، އުފާވެރިކަން މާ ރަނގަޅުވާނެކަމަށްވެސް, ރައީސް މުއިއްޒުއަށް އަމާޒުކޮށް ސެމްބެ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސެމްބެގެ އެކްސް ޕޯސްޓުގައި ރައީސް މުއިއްޒުއަށް މޭރުކޮށް މާނަފުން މެސެޖެތަކެއް ރައްދު ކުރައްވާފައިވާއިރު, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ސެމްބެ ދިރިއުޅުއްވާ ހިލާލީގެ ޖޫސޫސް ކޮށްފައިވެއެވެ. އަދި ސެމްބެއަށް އިތުބާރު ނުކުރެވޭތީ ސެމްބެ ދިރިއުޅުއްވާ ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް އައްޔަން ކޮށްފައިވަނީވެސް މުއިއްޒު ބޭނުންވާ ފަރާތެކެވެ.

އަދި ފަހަކަށް އައިސް ސަރުކާރުގެ ސިޔާސީ އެއްވެސް ކަމެއްގައި ސެމްބެގެ ދައުރު ފެނިގެން ގޮސްފައި ނުވާއިރު, އޭނާ މިހާރު ފާހަގަ ވެގެންދަނީ, ހަމައެކަނި ޖަލްސާތައް ޝަރަފްވެރިކޮށްދޭ ފަރާތެއްގެ ގޮތުގައެވެ.

އެއްވެސް ކަމަކަކީ އަބަދަށް ދާއިމަށް ތިމާގެ ހައްގެއްކަމަށް ދެކެވަޑައި ނުގެންނެވުމަށް ވިދާޅުވެ ސެމްބެ މުއިއްޒުއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާއިރު, މުއިއްޒު ފާހަގަވެފައިވަނީ ވެވަޑައިގެންނެވި ވައުދުތަކަށް ޚިޔާނާތްތެރިވެ, ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ފަރާތެއްގެ ގޮތުގައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން, ރައީސްކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒުގެ އަމުރަށް މިހާރުވަނީ ރައީސް ޔާމިންގެ ޝަރީއަތްތައް ވަނީ އަލުން ފަށާފައެވެ.

ސެމްބެއަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަދި އޭގެ ފަހުން ރައީސް ޔާމިންއާއި ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ ގޮތުގައެވެ.