ނިހާދު ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން މަސައްކަތްކުރީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނެއް ހުށަހަޅައިގެން ބަރުލަމާނީ ނިޒާމު ގެނެސް، އެ ނިޒާމުގެ ތެރެއިން ޑރ. މުހައްމަދު މުއިއްޒުއާ ވެރިކަން ހަވާލުނުކުރުމަށް ކަމަށާއި، މުޅި ނިޒާމު ބަދަލުކުރެއްވުމަށް ކަމަށެވެ.
ނިހާދު ވިދާޅުވީ ނަޝީދުގެ ވިސްނުންފުޅުގައި ހުރީ ވެރިކަން ވެއްޓުމުން، އެ ޖަޒުބާތުގައި ޖެހިވަޑައިގެން އެމްޑީޕީގެ މެޖޯރިޓީ މެމްބަރުންނާއެކު ވަޑައިގެން ބަރުލަމާނީ ނިޒާމު ގެނެސް، އެމްޑީޕީ މެމްބަރުންނަށް އިންތިޚާބަކާނުލައި އިތުރު ދެ އަހަރު ހޯދައިދީ، އެމްޑީޕީގެ ރައީސަށް އިތުރު ދެ އަހަރު ދީގެން އެކަން ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެކަމަށް އެމްޑީޕީއިން އެއްބާރުލުން ނުދިނުމުން އެކަން ނުވީކަމަށެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި ނަޝީދު މަޖިލީހުގައި އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގިޔަނުދީ، ތަޅު އަޅުވައިގެން އުޅެނީ މުއީއްޒުގެ ހުވާލައިދިނުމަށްފަހު، މުއިއްޒުގެ ހުވައާއި މެދު ގާނޫނީ ސުވާލެއް އުފެއްދުމަށް ކަމަށެވެ.