ޚަބަރު

މާލިއްޔަތު ޤާނޫނާއި ޚިލާފަށް ފެނަކައިގެ ހިންގުން ބައްޓަންކޮށް، ޕްރޮކިޔުމެންޓާއި، ޓެންޑަރ ކޮމިޓީ އާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓާއި ފައިނޭންސް އެއްކޮށް، މުއާޒުގެ ބެސްޓް ފްރެންޑް ވާހިދުގެ ބެލުމުގެ ދަށަށް ގެނެސްފި

ދިޔަވަރު
މާލިއްޔަތު ޤާނޫނާއި ޚިލާފަށް ފެނަކައިގެ ހިންގުން ބައްޓަންކޮށް، ޕްރޮކިޔުމެންޓާއި، ޓެންޑަރ ކޮމިޓީ އާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓާއި ފައިނޭންސް އެއްކޮށް، މުއާޒުގެ ބެސްޓް ފްރެންޑް ވާހިދުގެ ބެލުމުގެ ދަށަށް ގެނެސްފި

މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް ފެނަކައިގެ ހިންގުން ބައްޓަންކޮށް، ޕްރޮކިޔުމެންޓާއި، ޓެންޑަރ ކޮމިޓީ އާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓާއި ފައިނޭންސް އެއްކޮށް، މުއާޒުގެ ބެސްޓް ފްރެންޑް ވާހިދުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ހުރިހާ ޑިޕާރޓްމެންޓެއްގެ ހެޑަކީ މިހާރު މުއާޒުގެ ގާތް އެކުވެރިއެއް ކަމަށް ވާ އަބްދުލް ވާހިދު އެވެ.

ޓެންޑަރ އިވަލުއޭޝަން ކޮމިޓީގެ ޑިރެކްޓަރ އަދި ޗެއަރ އަށް އަބްދުލްވާހިދު މުހައްމަދު ހައްޔަން ކުރި ކަމުގެ ލިޔުން

އަބްދުލް ވާހިދު ރަށެއްގެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުއްޓާ، އޭނާ ގެނެސް މި މަގާމާއި މުއާޒު ހާވާލު ކޮށްފައި ވަނީ ފެނަކައިގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ހިންގުމަށެވެ. މިހާރު ޕްރޮކިއުމެންޓް ޑިޕާޓްމެންޓާއި، ޓެންޑަރ ކޮމިޓީ އާއި، ޕްރޮޖެކްޓް ޑިޕާރޓްމެންޓާއި، ފިނޭންސް ޑިޕާޓްމެންޓްވެސް ވަނީ ވާހިދުގެ ބާރުގެ ދަށަށް ގެނެސް ފައެވެ.

ޕްރޮޖެކްޓް ޑިޕާރޓްމެންޓް އަބްދުލް ވާހިދު އާއި، އޭނާގެ ބެސްޓް ފްރެންޑް މުއާޒު ހަވާލު ކުރި ކަމުގެ ލިޔުން.

އަންނަ ރިކުއެސްޓްތައް ޕްރޮޖެކްޓް ޑިޕާޓްމެންޓުން އެޕްރޫވް ކުރަނީ ވާހީދު އެވެ. އެއާއި ގުޅިގެން ޕްރޮކިޔުމެންޓުން ހަދާ ޕަޗޭސް އޯޑަރ (ޕީއޯ) އެޕްރޫވް ކުރަނީވެސް ހަމަ އެ ވާހިދުއެވެ. އެ ރިކުއެސްޓަށް ބޭނުންވާ ބިޑް އިވެލުއޭޓް ކުރުމުން، ހަމަ އެވެސް އެޕްރޫވް ކުރަނީ ހަމަ އެވާހިދުއެވެ. އެއަށް ބޭނުންވާ ފައިސާވެސް ދޫކުރަނީ ވާހިދުގެ ބާރުގެ ބޭނުން ކޮށްގެން ބޭނުންވާ ބަޔަކަށް ބޭނުން ގޮތަކަށެވެ.

ޕްރޮކިޔުމެންޓް ޑިޕާރޓްމެންޓް އަބްދުލް ވާހިދު އާއި ހަވާލު ކުރި ކަމުގެ ސަރކިޔުލާ.

މިއީ މާލިޔަތު ގާނޫނާއި ޚިލާފަށް، ޗެކް އެންޑް ބެލޭންސް އުސޫލު ކަނޑައަޅަން ހަދާފައިވާ، ފެނަކައިގެ ޕްރޮކިޔުމެންޓް ޕޮލިސީ އާއި ޚިލާފަށް ކޮރަޕްޝަނާއި ވައްކަމަށް މަގުފަހި ވާހެން ހިންގަމުންދާ ބޮޑު ޖަރީމާއެކެވެ.

މިއީ މުއާއްޒު އަށް އިތުބާރު ކުރެވޭ އޭނާގެ ވައްކަމުގެ ބައިވެރިޔާއެވެ. ގިނަ ކޮރަޕްޝަންތަކެއް ހިނގަމުން ދަނީ މުއާޒު އަށާއި، މުއިއްޒު އަށާއި، ވާހިދަށް ބައި އެޅިގެންނެވެ.