ޚަބަރު

އާސަންދައިން ލިބޭ ބައެއް ބޭހާއި، ދޭ ޚިދުމަތްތައް އުނިކުރުމަށް ސަރުކާރުން ނިންމައިފި! ފަރުވާތައް ނުލިބި ރައްޔިތުން މަރުވުން އެކަށީގެންވޭ!

ދިޔަވަރު
އާސަންދައިން ލިބޭ ބައެއް ބޭހާއި، ދޭ ޚިދުމަތްތައް އުނިކުރުމަށް ސަރުކާރުން ނިންމައިފި! ފަރުވާތައް ނުލިބި ރައްޔިތުން މަރުވުން އެކަށީގެންވޭ!

އާސަންދައިން ލިބޭ ބައެއް ބޭހާއި، ދޭ ޚިދުމަތްތައް އުނިކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ގޮތުން ސަރުކާރުން މިހާރު ވަނީ އާސަންދަ ނިޒާމުގެ ދަށުން ލިބެމުންދިޔަ ދެވަނަ އަދި ތިންވަނަ މެޑިކަލް އޮޕީނިއަން ހޯދުމުގެ ފުރުސަތު އުވާލުމަށް ނިންމާފައެވެ. މީގެ އިތުރުން، ބޭސްތައް ލިބޭ ވައްތަރުތައް މަދުކޮށް، މިހާރު ލިބެމުންދާ ބޭސްތަކުގެ ދެބައިކުޅަ އެއްބައި ބޭސް އާސަންދައިން ދޫ ނުކުރަން ވަނީ ނިންމާފައެވެ. މި ގޮތަށް ނިންމާފައިވަނީ އެ ބޭސް ސަޕްލައި ކުރާފަރާތުގެ އަތުން ކޮރަޕްޝަންގެ ގޮތުގައި ފައިސާ ހޯދުމާއި، ފެންވަރު ދަށް އަގުހެޔޮ ބޭސް އެކަނި އާސަންދައިން ކަވަރު ކުރުމުގެ ބޭނުމުގައެވެ.

ހުށަހެޅިފައިވާ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް:

  1. ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކުރާނެ އަސަރު: މި ބަދަލާ ގުޅިގެން، ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އިތުރު ލަފައެއް ހޯދުމުގެ ފުރުސަތު ނުލިބެއެވެ. މީގެ ސަބަބުން މިފަދަ ބަލިމީހުން އަމިއްލަ ޚަރަދުގައި އިތުރު ލަފާ ހޯދަން ޖެހެއެވެ. އެފަދަ ހާލެއް ނެތް މީހުންނަށް ބަލި ރަނގަޅަށް ދެނަނުގަނެވި މަރުވެގެން ދިޔުން އެކަށީގެންވެއެވެ.
  2. ބޭސްތަކުގެ ލިބެންހުރި ވައްތަރުތައް މަދުވުން: ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭސްތައް އާސަންދަ ނިޒާމުން އުނިކުރެވި، އައު ބްރޭންޑްތަކެއް ތަޢާރަފު ކުރަން މުއިއްޒު ވަނީ އަންގާފައެވެ. މީގެ ސަބަބުން ޑޮކްޓަރުން މި ވަކި ބްރޭންޑްތަކުގެ ބޭސް ލިޔެދޭން މަޖުބޫރުވާނެއެވެ. އަދި މިގޮތަށް ދިނުމަށް ނިންމާނީ އަގު ހެޔޮ ބޭސް ތަކެވެ. އެއީ އާސަންދައަށް ޖެހޭ ބުރަ ކުޑަ ކުރުމަށް ކަމަށް ބުނެއެވެ.
  3. އާންމު ރައްޔިތުންގެ ޖީބަށް ބުރަވުން: އާސަންދައިން ކަވަރުނުކުރާ ބޭސްތަކާއި ފަރުވާތަކަށް ރައްޔިތުން އަމިއްލައަށް ޚަރަދުކުރަން ޖެހި، ސިއްހީ އިންޝުއަރެންސްގެ ނިޒާމުން އާންމު ސިއްޙަތަށް ލިބެންޖެހޭ ރައްކާތެރިކަން ގެއްލިގެން ދާނެއެވެ.
  4. ބައެއް ބަލިތައް ފާހަގަނުކުރެވި ދިއުމުގެ ނުރައްކާ: ދެވަނަ ލަފައެއް ނުލިބުމުގެ ސަބަބުން، ބައެއް ނުރައްކާތެރި ބަލިތައް ފާހަގަނުކުރެވި ގޮސް، ބަލިޖެހުނު މީހާގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް، ވަގުތު ފާއިތުވެ، މީހުން މަރުވުން މިކަމުގެ ސަބަބުން ގިނަވެގެން ދާނެއެވެ.

މި ނިޒާމުގެ މުހިންމުކަން:

  1. ނުބައިކޮށް ބަލި ދެނެގަތުން ހުއްޓުވުން: އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދުމުން، ފުރަތަމަ ޑޮކްޓަރު ކުރި ޑައެގްނޯސިސް، ނުވަތަ "ބަލި ދެނެގަތުން" ރަނގަޅުތޯ ކަށަވަރުކުރެވެއެވެ.
  2. ބަލިމީހާއަށް އިތުރު މަޢުލޫމާތާއި ޔަޤީންކަން ލިބުން: ތަފާތު ޑޮކްޓަރުންގެ ލަފާ ހޯދުމުން، ބަލިމީހާއަށް އިތުރު މަޢުލޫމާތު ލިބި، ފަރުވާއާމެދު އިތުރު ޔަޤީންކަން ލިބެއެވެ.
  3. ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވުން: އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ސްވީޑަންފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިފަދަ ނިޒާމެއް އޮވެއެވެ.

ސަރުކާރުގެ ސިޔާސަތު:

ސަރުކާރުން މީޑިއާތަކަށް އެދިފައިވަނީ މި ބަދަލުތައް ގެނެވެނީ ޚަރަދު ކުޑަކުރުމަށް ކަމުގައި ދައްކައި، މީގެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށެވެ. ރައީސް އޮފީހަށް ނޫސްވެރިން ހާޒިރުކޮށް، ރައްޔިތުންނަށް މިވަރަށް އާސަންދަ ކަނޑާލުމުން "މާލީ ފައިދާތަކުގެ" މައްޗަށް ލިޔުމަށް ބުނެފައިވެއެވެ. މިފަދަ ލިޔުން ލިޔާ މީހެއްގެ އާއިލާ މީހެއް އަންބެއް، ދަރިއަކަށްވެސް ޖެހޭނީ މިހާލުކަން ލިޔުން ތެރިންނަށް އެނގެން އެބަޖެހެއެވެ.

ނިންމުން:

ސަރުކާރުން މާލީ ހާލަތު ރަނގަޅު ނުކުރެވިގެން އާސަންދައިން ދެމުންދާ ޚިދުމަތްތައް އުނިކޮށް، ނަމަވެސް، ދެވަނަ ލަފައެއް ހޯދުމުގެ ފުރުސަތު ވެސް ނެތިކޮށްލުމަކީ ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެކެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި މިފަދަ ނިޒާމެއް އޮތުމުގެ އިތުރުން، އެކަން ބާރުއަޅައި ހިތްވަރުދެއެވެ. އަޅުގަނޑުމެންވެސް މި ނިޒާމު ދެމެހެއްޓުމަށް މަސައްކަތްކުރަންވާނެއެވެ.

ނޫސްވެރިން ގެނެސް ފޭކް ނިވްސް ފެތުރުމަށް ބުނުމުގެ ބަދަލުގައި، މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރުން މާ އައުލާކަން ބޮޑެވެ.