ޚަބަރު

"ޑޮލަރުގެ މައްސަލާގައި، ކިޔެވޭނެ ގޮތެއް ނެތި އެނބުރި އަންނަން ޖެހިއްޖެ ނަމަ، މުޒާހަރާކުރުން ނޫން ކަމެއް އެނބުރި ގޮސް ކުރާކަށް ނޯންނާނެ" - ބޭރުގައި ކިޔަވާ ދަރިވަރުން

ދިޔަވަރު
"ޑޮލަރުގެ މައްސަލާގައި، ކިޔެވޭނެ ގޮތެއް ނެތި އެނބުރި އަންނަން ޖެހިއްޖެ ނަމަ، މުޒާހަރާކުރުން ނޫން ކަމެއް އެނބުރި ގޮސް ކުރާކަށް ނޯންނާނެ" - ބޭރުގައި ކިޔަވާ ދަރިވަރުން

ޑޮލަރުގެ މައްސަލާގައި، ކިޔެވޭނެ ގޮތެއް ނެތި އެނބުރި އަންނަން ޖެހިއްޖެ ނަމަ، މުޒާހަރާ ކުރުން ނޫން ކަމެއް އެނބުރި ގޮސް ކުރާކަށް ނޯންނާނެ ކަމަށް ބޭރުގެ ކިޔަވާ ދަރިވަރުން އެމީހުންގެ ކޮމިއުނިޓޯ ގްރޫޕްތަކުގައި ހާމަ ކުރަން ފަށައިފިއެވެ. ހާމަ ނުކުރުމަށް އެދި ދިޔަވަރު ނޫހަށް އެކި ޤައުމުތަކުގެ ސްޓޫޑެކްޓް ވަޓްސްއެޕް ގްރޫޕްތަކުން ފޮނުވާފައިވާ ސްކްރީޝޮޓް ތެރޭގައި ބައެއް ދަރިވަރުން އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރު ހަމަ މަގަށް އެޅުވުމަށް މުޒާހަރާ ކުރަން ނުކުންނަން ޖެހޭ ކަމަށް ހާމަ ކޮށްފައިވެއެވެ.

ދަރިވަރުން ދަނީ މިހާރުވެސް އެމްބަސީތަކަށް ދިޔުމަށް ބޭނުންވާ ކަމަށް ބުނެ ގްރޫޕް ތަކުގައި ވާހަކަ ދައްކާފައެވެ. ސަރުކާރުން ވަނީ ދަރިވަރުންނަށް ޑޮލަރުގެ ލިމިޓް ބޮޑު ކުރާނެ ކަމަށް ތުރުކީއަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ކުރި ބޭކާރު ދަތުރުފުޅުގައި ވައުދު ވެފައިވެއެވެ. އޭގެ ކުރިން ވެރިކަމަށް އައުމަށް ވެސް މުއިއްޒުގެ ވައުދަކީ ޑޮލަރުގެ ލިމިޓް އެކީ އެއްކޮށް ނިމުމަކަށް ގެންނާނެ ކަމަށެވެ.

މިވަގުތު ސަރުކާރުގެ ސްކޯލަރޝިޕް ތަކުގައި ތިބި ގިނަ ދަރުވަރުންވެސް ތިބީ ފައިސާ ނުލިބި ހާލުގައި ޖެހިފައެވެ. އަމިއްލަ ގޮތުން ކިޔަވަން ގޮސްތިބި ކުދިންވެސް ޑޮލަރު ލިބޭނެ ގޮތެއް ވަނީ ނެތިފައެވެ. ސަރުކާރުގެ މި ބަދަލާއި އެކު، ޓިކެޓް ނަގައިގެން އެނބުރި ރާއްޖެ ދިއުމަށް ބޭނުންވާ ޑޮލަރު ކޮޅުވެސް ލިބެން ނެތް ކަމަށް ބައެއް ދަރިވަރުން ދަނީ ހާމަ ކުރަމުންނެވެ.

ކިޔަވާ ކުދިން މައުލޫމާތު ދޭ ގޮތުގައި، ސަރުކާރުން ކުއްލިއަކަށް މި ގެނައި ބަދަލުގެ ސަބަބުން، ގިނަ ކުދިން ތަކެއް ކާނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށެވެ.

މިކަހަލަ ކަމެއް ވާން އުޅޭ ކަމެއް ނޭނގެ. އެހެންވީމަ ކާޑުން ފައިސާ ނަގައިގެން ނޫން ގިނަބަޔަކު ތިބީ. ކުއްލިއަކަށް ހުއްޓާލުމުން މިއަދުވެސް ކާނެ ގޮތެއްވެސް ނެތިފައި އަހަރެމެން ތެރޭ ދަރިވަރުން އެބަ ތިބި

ޔޫކޭގައި ކިޔަވަމުންދާ ދަރިވަރަކު ދިޔަވަރު ނޫހަށް ހާމަ ކުރިއެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލު ނުވެ، މިހާލަތަށް ޤައުމު ގެންގޮސްފައިވާތީ ގިނަ ދަރިވަރުން ދަނީ އެމީހުންގެ ކަންބޮޑުވުން ހާމަ ކުރަމުންނެވެ.