ރަޝިޔާގެ ޑެގިސްޓާނަށް، ޖެއްސި އިޒްރޭލުގެ ފްލައިޓެއް ރަޝިޔާގެ މުސްލިމު ރައްޔިތުން ވަށާލުމުން މި ފްލައިޓު އަލުން އަނބުރާ އިސްރާއިލަށް ފުރައިފިއެވެ.
ބޯޓު ޖައްސާފައިވަނީ ޝެޑިއުލް ކޮށްފައިވާ އެއަރޕޯޓް ނޫން އެހެން އެރޕޯޓަކަށެވެ. އެހެން އެއަރޕޯޓަކަށް ޖައްސާފައި ވަނީ، ފުރަތަމަ ޖެއްސުމަށް ހަމަ ޖެހިފައިވާ އެއަރޕޯޓަށް މީހުން އެއްވެ، ހަމަ ނުހެހުން ހިންފާނެ ކަމަށް ބެލެވިގެންނެވެ.
ފަލައިޓް ޖެއްސުމަށް ފަހު، އެއްވެސް މީހަކު ފްލައިޓުން ނުފޭބުމަށް ކެޕްޓަން ވަނީ ފްލައިޓުގެ ޕަސަންޖަރުން ކައިރީގައި އެދިފައެވެ. އަދި މީހުން އެއްވަމުންދާ ވާހަކަ ކެޕްޓަން ހާމަކޮށްދިނެވެ.
ވީޑިޔޯޔަކުން ފެންނަ ގޮތުގައި، ފްލައިޓް ޖައްސާކަން އެނގިގެން މީހުން އެއަރޕޯޓްތެރެއަށް ވަދެގަނެގެން ސެކިޔުރިޓީ ފަހަނައަޅާ ފްލައިޓާއި ހަމައަށް ދާތަން ފެނެއެވެ.
ރަޝިޔާގެ ޑެގިސްތާނުގައި ގިނައީ މުސްލިމުންނެވެ.