ރުފިޔާ ކާޑުން ޑޮލަރު ނެގޭ ގޮތް ހެދުމަށް، ވިޔަފާރިވެރިން ހިމެނޭހެން އަމިއްލަ މީހުންގެ އަކައުންޓް ތަކުގައި ހުރި ޑޮލަރު ނެގުމަށް މުއިއްޒު އަންގައިގެން، އެ ބަދަލު ބީއެމްއެލްއިން ގެންނަން ނިއްމައިފިއެވެ. މި ބަދަލު ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭ އިއުލާނު ކުރާނެއެވެ.
އަމިއްލަ މީހުންގެ އެކައުންޓްތަކުގައި ހުރި ޑޮލަރު ފިޔަވައި ބީއެމްއެލްގައި މިވަގުތު އިތުރު ޑޮލަރެއް ނޮތެވެ. ބީއެމްއެލްއިން ޑޮލަރު ހޯދަނީ ދެގޮތަކަށެވެ.
- ފުރަތަމަ ގޮތަކީ އެމްއެމްއޭއިން ޑޮލަރު ގަތުމެވެ. ނަމަވެސް އެމްއެމްއޭގެ ޔޫސަބަލް ރިޒާރވް ހުސްވެ އިސްޓިއޯއިން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ވަރަށްވެސް، ޑޮލަރު ނެތުމުގެ ސަބަބުން އެމްއެމްއޭއިން ކޮމާރޝިއަލް ބޭންކުތަކަށް ޑޮލަރު ނުވިއްކައެވެ.
- ބީއެމްއެލްއިން ދެން ހަދާ ގޮތަކީ، ބީއެމްއެލްގެ ކަސްޓަމަރުންގެ އަތުން ޑޮލަރު ގަތުމެވެ. މި ގޮތަށް ޑޮލަރު ގަތުމަށް ބޭނުންވާ ވަރަށް މިހާރު ބީއެމްއެލްއަށް ޑޮލަރެއް ނުލިބެއެވެ.
ބީއެމްއެލްއިން ޑެބިޑް ކާޑު ލިމިޓް ކުރަން ނިންމީ ބީއެމްއެލްއަށް ޑޮލަރު ނިލިބިގެންނެވެ. އެހެންކަމުން އެފަދަ ނިންމުމެއް އަލުން އަނބުރާ ރުޖޫޢަ ކުރަން ބީއެމްއެލް އަށް މުއިއްޒު މަޖުބޫރު ކުރުމުގެ ކުރިން ރާއްޖެއިން ބޭރުން ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރ އަށް ބޭނުންވާ ފައިސާ ހޯދުން މާ މުހިންމެވެ. ޗައިނާއިން އެ ފައިސާ ހޯދާށެވެ.