ޚަބަރު

މަޖީދިއްޔާގެ އެތައް ސަތޭކަ ދަރިވަރުންތަކެއް ކުރިމަތީ އަލަށް ތިމަންނާ ސްމާޓް ކްލާސްރޫމް އަޅަނީ ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި. ބައެއް މައިންބަފައިން ތިބީ ހިތްހަމަ ނުޖެހިފައި!

ދިޔަވަރު
މަޖީދިއްޔާގެ އެތައް ސަތޭކަ ދަރިވަރުންތަކެއް ކުރިމަތީ އަލަށް ތިމަންނާ ސްމާޓް ކްލާސްރޫމް އަޅަނީ ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި. ބައެއް މައިންބަފައިން ތިބީ ހިތްހަމަ ނުޖެހިފައި!

ރައީސް މުއިއްޒު މަޖީދިއްޔާގެ އެތައް ސަތޭކަ ދަރިވަރުންތަކެއް ކުރިމަތީ އަލަށް ތިމަންނާ ސްމާޓް ކްލާސްރޫމް އަޅަނީ ކަމަށް ބުނެ ދޮގު ހަދައިފިއެވެ. މިކަމާއި ބައެއް މައިންބަފައިން ތިބީ ހިތްހަމަ ނުޖެހިފައި ކަން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ބެލެނެވެރިއަކު ކިޔަދިނެވެ.

މިކަން ހިނގާފައިވަނީ ރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުގެ ވެރިމީހާއަކީ ދަރިވަރުން މިސާލަކަށް ބަލާނެ މީހެއް ކަމަށާއި، ހުރިހާ ދަރިވަރުންނަށް އެނގޭ މިކަހަލަ ކުޑަ ކުޑަ ކަންކަމުގައި މިހާ ބޮޑެތި ދޮގު މުއިއްޒު ދަރިވަރުންތަކެއް ކުރިމަތީ ހެދުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ހާމަ ކުރިއެވެ.

ރާއްޖޭގައި ރައީސް ޔާމީން ވެރިކަމުގެ ދުވަސްވަރުން ފެށިގެންވެސް އައީ ސްމާޓް ކްލާސް ރޫމްތައް ހަދަމުންނެވެ. ރައީސް ސޯލިހްގެ ސަރުކާރުން ސްމާޓް ކްލާސްރޫމް ޖަލުތަކުގައިވެސް ބަހައްޓާފައިވެއެވެ.

މުއިއްޒު އަތުގައި މައިކެއް ޖެހިއްޖެ ނަމަ، ނުވަތަ ހުސް ޕޯޑިއަމަކަށް އެރުނަސް، ދޮގެއް ހަދާ ނުލާ ނުފާބައެވެ. ސަރުކާރުގެ ވެރިއަކަށް ހުރެ ބާއްވާ ހުރިހާ ހަފްލާއެއްގައިވެސް މުއިއްޒު ދަނީ އިތުރު ވައުދުތައް ވަމުންނެވެ. ވެރިކަމަށް 9 މަސް ވީއިރު އަދި އެންމެ ވައުދެއް ވެސް ފުއްދާފައި ނުވާ މުއިއްޒުގެ ނާގާބިލު ކަމުން ޤައުމުގެ އިޤްތިޞާދާއި، މާލީ ހާލަތު ވަނީ ބޮއްސުންލާފައެވެ.

ދޮގު ހެދުމުގައި މުއިއްޒަކީ މޫނަށް ރުލެއްވެސް އަރުވާ ނުލާ، pathological liar އެކެވެ. މުއިއްޒަށް ރާއްޖޭގެ ގިނަ ބަޔަކު މިހާރު ކިޔަނީ "ކައްޒާބު" އެވެ.