"ބަޣާވާތު" ގައި އަޒާން (ރޯހިތު)ގެ ދައުރު ބޮޑު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. މި ގޮތަށް އަޒާން (ރޯހިތު) އާއި މެދު ފާޑު ކިޔުން އަމާޒުވީ، ބީއެމްއެލް އިން ނިންމި ނިންމުން ދިފާޢު ކޮށް، އޭނާ ތެދުވެފައި ވާތީއެވެ. ބީއެމްއެލް އިން ކުރީ ބަޣާވަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ރޯހިތު ވަނީ އެ ބާޣާވާތް ދިފާޢު ކޮށް ވާހަކަ ދައްކައި އަދި އޭނާ ބަޣާވާތުގެ ދިފާޢުގައި ދެއްކި ވާހަކަ ނޫސްތަކަށް ވެސް ވަނީ އަރުވާފައެވެ.

އަޒާން ކުރިން މަސައްކަތް ކުރި، އައްޑޫ އޮންލައިން ނޫހުގައި އަޒާން ހާމަ ކޮށްފައިވާ ގޮތުން، "އިތުރު ގޮތެއް އޮތް ނަމަ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެ" ކަމަށް ބުނެފައިވެއެވެ. އަޒާން ވާހަކައިން މޭރުން ވަނީ ބަޣާވާތް ކުރީ ސަރުކާރުން ކަމެވެ. އަދި ސަރުކާރުން ސަރުކާރާއި ދެކޮޅަށް، މުއިއްޒު އެ ވިދާޅުވި ބަޣާވާތް ކުރި ކަމަށް ބުނެ، އެކަމުގެ ދިފާޢުގައި އައްޑޫ އޮންލައިނުގައި އަޒާނާއި ހަވާލާދީ ލިޔެފައިވެއެވެ.
އެމްޑީޕީ ސޯޝަލްމީޑިޔާ އެކްޓިވިސްޓް އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޚަދީޖާ (ހައްޖަ) ކުރައްވާފައިވާ ޓްވީޓެއްގައި ފުލުހުން އަޒާން އާއި މިކަމާއި ގުޅިގެން ސުވާލު ކުރަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.
އެމްޑީޕީގެ ދާންދޫ ދާއިރާގެ ރައީސް، ޣާލިބު ސަލީމް ޓްވިޓަރ ގައި ހާމަ ކޮށްފައިވާ ގޮތުގައި، އިއްޔެ ކުރަން އުޅުނު ބަޣާވާތުގެ މޭސްތިރިއަކީ ރޯހިތުއެވެ.
އަޒާން ވަނީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ބީއެމްއެލް ދިފާޢު ކޮށް ވާހަކަ ދައްކާފައެވެ. މި ގޮތުން "ބީއެމްއެލް އިން ޑޮލަރުގެ މުއާމަލާތްތައް މެދުކަނޑާލީ ޑޮލަރު ނުލިބޭތީ" ކަމަށް ބުނެފައިވެއެވެ. ބޭންކުގެ ދިފާޢުގައި އަދި ސަރުކާރު ބަދުނާމު ވާހެން އަޒާން ބުނެފައިވަނީ، ބޭންކުގެ މެޖޯރިޓީ ހިއްސާ އޮންނަ ސަރުކާރުން އެނޫން ގޮތެއް އޮތްނަމަ މިކަން ސަރުކާރުން ނުކުރާނެ ކަމަށެވެ.
އަޒާން އެދިގެން އިތުރު ސޯޝަލް މީޑިޔާ އެކްޓިވިސްޓުންވެސް މި މޭރުމުން، ބޭންކު ދިފާޢު ކޮށް ވާހަކަ ދައްކަމުން ދަނިކޮށް، ރައީސް އޮފީހުން އެކަން އެއީ ބަޣާވާތެއް ކަމަށް ބުނެ ޓްވީޓް ކުރަން އެންގިއެވެ.