ޚަބަރު

ވޯޓަށް ފިއްލެވުމަށް އީވާ ގޭގައި އޮންނެވުމުން މިއަދުގެ ޖަލްސާވެސް ކެންސަލް

ދިޔަވަރު
ވޯޓަށް ފިއްލެވުމަށް އީވާ ގޭގައި އޮންނެވުމުން މިއަދުގެ ޖަލްސާވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރު އިއްވުމަށް މިއަދު ޝެޑިއުލް ކުރި ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ނައިސް ގޭގައި ފިއްލަވާ އޮތުމުން އެ ޖަލްސާ މިއަދު ވެސް ކެންސަލްކޮށްފި އެވެ.

އެ ގަރާރު އިއްވުމަށް އިއްޔެ ޝެޑިއުލް ކުރި ޖަލްސާ އަށް ވެސް އީވާ ނައުމުން މަޖިލީހުގެ އުސޫލްތަކާއި ޚިލާފަށް މަޖިލީހުގެ އަމީންއާންމު ނިއުޝާވަނީ ކެންސަލްކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޒިންމާ އަދާ ކުރާނެ ފަސް މެމްބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ހިންގެން އޮތްނަމަވެސް ނިއުޝާގެ އަމިއްލަ މަސްލަހަތާއި، ނަޝީދާއި އޮންނަ ޒާތީ ގުޅުމުގެ ސަބަބުން އެކަން ކޮށްދިނުމަށް އޭނާ ވަނީ އުޒުރުވެރިވެފައެވެ.

އެހެންކަމުން، ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައި އޮތް ގަރާރު އިއްވުމަށް ބާއްވަންޖެހޭ ޖަލްސާ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.