ޚަބަރު

އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމުން ޑރ. އިޔާޒުގެ އަނބިކަބަލުން ހައްޔަރު ކޮށްފި

ދިޔަވަރު
އިޒްރޭލާ  ދެކޮޅަށް  އަޑު  އުފުލުމުން  ޑރ.  އިޔާޒުގެ  އަނބިކަބަލުން  ހައްޔަރު  ކޮށްފި

ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފި އެވެ.

ޝާދިޔާ ހައްޔަރުކުރީ ސައުދީ އަރަބިއްޔާގެ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އިޒްރޭލާ ދެކޮޅަށް ސިލްސިލާކޮށް އަންހެނުންތަކެއް އިސްނަގައިގެން ކުރަމުންދާ އިހްތިޖާޖާ ގުޅިގެންނެވެ.

ޝާދިޔާގެ އިތުރުން މި ހަރަކާތުގައި ހަރަކާތްތެރިވާ ޑރ. ޝަޒުރާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

އިއްޔެގެ ވަގުތެއްގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވަނީ ޝެއިހް އިޔާޒު އަށް އިސްލާމިކް މިނިސްޓްރީން ދެމުންއައި މުސާރަ ކަނޑާލުމާއި ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް އަނބިމީހާ ފޮނުވައިގެން އިހްތިޖާޖް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މި ސަރުކާރުން ދަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ހިންގުން މަނާ ކުރަމުންނެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލިހަށް ހުށަހެޅި ބިލުގެ މަސައްކަތްވެސް މުއިއްޒުގެ އެންގުމަށް މަޖިލީހުގައިވަނީ ޕާކު ކޮށްފައެެވެ.