ޚަބަރު

ޑރ. އިޔާޒުގެ ދުއާއަކީ, މުއިއްޒުގެ އަނިޔާތަކުގެ ބަދަލު އޭނާއަށް އަވަހަށް ޖައްސަވާ, އަނިޔާވެރި މުއިއްޒުގެ ނިމުން އަވަސްކުރެއްވުން!

ދިޔަވަރު
ޑރ. އިޔާޒުގެ ދުއާއަކީ, މުއިއްޒުގެ އަނިޔާތަކުގެ ބަދަލު އޭނާއަށް އަވަހަށް ޖައްސަވާ, އަނިޔާވެރި މުއިއްޒުގެ ނިމުން އަވަސްކުރެއްވުން!

ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުން ދަނިކޮށް ދެ އަންހެން ކަބަލުން ހައްޔަރު ކުރުމަކީ ރައީސް މުއިއްޒު އެ ދެކަނބަލުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި, ޑރ. މުއިއްޒުގެ އަނިޔާތަކުގެ ބަދަލު އޭނާއާއި އަވަހަށް ޖައްސަވާ, އަނިޔާވެރިން މުއިއްޒުގެ ނިމުން އަވަސްކުރެއްވުން އެދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ދުއާ ދަންނަވައިފިއެވެ.

ޑރ. އިޔާޒުގެ އަނބިކަބަލުންވެސް ހިމެނޭހެން, ފަލަސްތީނުގެ ހައްގުގައި, އަދި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެން ކަނބަލުން ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ. އަދި އެ ދެކަނބަލުން ހައްޔަރު ކޮށްފައިވާތާ މިއަދު 3 ދުވަސް ވާނެއެވެ.

ޑރ. އިޔާޒުގެ އަނބިކަބަލުން ޝާދިޔާގެ އިތުރުން މި ހަރަކާތުގައި ހަރަކާތްތެރިވާ ޑރ. ޝަޒުރާ ވެސް ފުލުހުންވަނީ ހައްޔަރު ކޮށްފަ އެވެ.

މި ދެކަނބަލުން ހައްޔަރު ކޮށްފައިވަނީ, އިއްޔެގެ ވަގުތެއްގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވަނީ ޝެއިހް އިޔާޒު އަށް އިސްލާމިކް މިނިސްޓްރީން ދެމުންއައި މުސާރަ ކަނޑާލުމާއި ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް އަނބިމީހާ ފޮނުވައިގެން އިހްތިޖާޖް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައި ވަނިކޮށެެވެ.

އަނބިކަބަލުން ހައްޔަރު ކުރުމާއި ގުޅިގެން ޑރ. އިޔާޒު މިއަދު ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ތިބާގެ އަޚާ އަނިޔާވެރިވާ ޙާލުގައިވެސް އަދި އަނިޔާ ލިބޭ ޙާލުގައިވެސް ނަޞްރުދޭށޭ ޙަދީޘްގައި އަންގަވާފައިވަނިކޮށް, ފަލަސްޠީނުގެ އަޚުންނާއި އުޚްތުން ކަތިލެވެމުން ދާކަމާއި, އެބައިމީހުންނަށް ނަޞްރުދޭންޖެހޭ ކަމަށް ބުނެ އާދޭސްކުރަމުން ގެންދިޔަ ދެއުޚްތުން ތިން ދުވަހުގެ މުއްދަތަށް ހައްޔަރު ކުރުމަށް, ފަލަސްޠީނަށް ނަޞްރުދޭކަމަށާއި, އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާކަމަށް, އަދި ޝަރީޢަތަށް އަތްނުބާނާނެ ކަމަށް ބުނެ ދަޢްވާކުރަމުން ގެންދާ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

މާތް الله އެދެއުޚްތުންނަަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އަނިޔާވެރިން ނިކަމެތި ކުރައްވާ ބަލިކުރައްވާށި. އަނިޔާވެރިންގެ ނިމުން އަވަސްކުރައްވާ, މިއަނިޔާތަކުގެ ބަދަލު އެބައިމީހުންނަށް ޖައްސަވާށި. އާމީން.

މުއިއްޒު ހަލާކު ކުރެއްވުމަށް ދުއާ ކުރައްވަމުން ޑރ. އިޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން ދަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ހިންގުން މަނާ ކުރަމުންނެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލިހަށް ހުށަހެޅި ބިލުގެ މަސައްކަތްވެސް މުއިއްޒުގެ އެންގުމަށް މަޖިލީހުގައިވަނީ ޕާކު ކޮށްފައެެވެ.