ފަލަސްތީނާއި ދެކޮޅަށް މުޒާހަރާ ކޮށްގެން، ދިވެހިން ހައްޔަރު ކޮށްފައި ވަނީ މުއިއްޒުގެ ލާދީނީ ކަމުންނެވެ. އެމްބަސީ ތަކުގެ ކުރިމަތީގައި މުޒާހަރާ ކުރި ކަމަށް ބުނެ، އަދި އެމްބަސަޑަރުން ދިރިއުޅުއްވާ ގެކޮޅުގައި މުޒާހަރާ ކުރި ކަމަށް ބުނެ، އަންހެނުން ތަކެއް ހައްޔަރުކޮށް ޖަލަށް ލާފައިވާއިރު، އިންޑިޔާ ހައިކޮމިޝަނަރުގެ ގޭ ކުރިމަތީ މުއިއްޒު އަޑީގައި ހުރެގެން މުޒާހަރާކޮށްފައިވެއެވެ.
ވެރިކަން ހޯދުމަށް އިންޑިޔާއާއި ދެކޮޅަށް ހިންގި ކެމްޕެއިނުގައި، އިންޑިޔާ އާއި ދެކޮޅަށް ކެމްޕެއިން ކުރުމަކީ ދީނީ ވާޖިބެއް ކަމަށް ދައްކައި، އިންޑިޔާ އެމްބަސަޑަރ ދިރިއުޅުއްވާ ގެކޮޅުގެ ކައިރީގައި މުޒާހަރާ ކޮށްފައިވެއެވެ. މިކަމުގެ އަޑީގައި އޭރު ތިބީ މުއިއްޒު ހިމެނޭހެން ޕީޕީއެމްގެ އިސް ފަރާތްތަކެވެ.

މިކަމާއި ގުޅުންހުރި ފޮޓޯތައް މިހާރު ސޯޝަލް މީޑިޔާގައި ދައުރު ވަމުންދާ އިރު، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިއީ ޑަބަލް ސްޓޭންޑަޑު ކަމަށެވެ. އަދި މި މުޒާހަރާތައް ހުއްޓުވައި، އެމީހުން ހައްޔަރު ކޮށްފައިވަނީ ޒައެނިސްޓް އިޒްރޭލުގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
މުއިއްޒު ވަނީ އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް ނިންމާފައެވެ. ނަމަވެސް މި ނިންމުމާއި ގުޅިގެން މުއިއްޒުގެ ފަރާތުން ފޮރިންގ މިނިސްޓަރ ޒަމީރު ވަނީ އެމެރިކާއަށް ހާޒިރުކޮށް ޕާސްޕޯޓް ބޭން ނުކުރުމަށް އަންގާފައެވެ. މި ދަތުރަށް ފަހު، މުއިއްޒުގެ އަމަލު ތަކުން ފެނިގެން ދަނީ ރާއްޖެ އަކީ އިޒްރޭލުގެ ފުރިހަމަ ބާރު އޮތް ގައުމެއް ގޮތުގައެވެ.