ޚަބަރު

ފެކްޓް ޗެކް: ކަރުގައި ވަޅި ޖެއްސި މީހާއަކީ މަޖިލީސް އިންތިހާބަށް މުއިއްޒު ދޫ ކޮށްލި މީހެއް - ކުރީގެ ސީޕީ ހަމީދު

ދިޔަވަރު
ފެކްޓް ޗެކް: ކަރުގައި ވަޅި ޖެއްސި މީހާއަކީ މަޖިލީސް އިންތިހާބަށް މުއިއްޒު ދޫ ކޮށްލި މީހެއް - ކުރީގެ ސީޕީ ހަމީދު

ކަރުގައި ވަޅި ޖެއްސި މީހާއަކީ މަޖިލީސް އިންތިހާބަށް މުއިއްޒު ދޫ ކޮށްލި މީހެއް ކަމަށް ވިދާޅުވެ، ކުރީގެ ސީޕީ ހަމީދު އެކަން ހާމަ ކުރައްވައިފިއެވެ. ސީޕީ ހަމީދު އެކަން ހާމަ ކުރައްވާފައި ވަނީ، ކަރުގައި ވަޅި ޖައްސައިގެން މީހަކު ރަހީނު ކުރި މީހާ އަކީ އެމްޑީޕީއިން ދޫކޮށްލި މީހެއް ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި މުއިއްޒު ދޮގު ވާހަކަ އޭނާގެ އެންމެ އަރިސް ފަރާތްތައް މެދުވެރިކޮށް ފަތުރަމުން ދަނި ކޮށެވެ. މި ގޮތުން، މަލްޝާއާއި، އަޒާން ފަދަ މުއިއްޒު އާއި އަރިސް ފަރާތްތަކުން އެއީ އެމްޑީޕީއިން ދޫކޮށްލި މީހެއް ކަމަށް ބުނެ ޓްވީޓް ކޮށްފައިވެއެވެ.

މި ގޮތުން މިހާރުގެ މަޖިލީސް މެމްބަރު އަޒާން ކުރި ޓްވީޓްއަކަށް ޖަވާބު ދާރީ ވަމުން، ކުރީގެ ސީޕީ ހާމީދު ވިދާޅު ވެފައިވަނީ؛

ޙަޤީޤަތުގައި، އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުވާފާނެ މީހުންނާ ބެހޭ ގޮތުން މައުލޫމާތު ޤައުމުގެ އިސްފަރާތްތަކަށް އެންގުމަށް ކަނޑައެޅިފައިވާ އުސޫލުތަކެއް އެބަހުރި. މި މައުލޫމާތު ލިޔެކިޔުމުން ބަލަހައްޓައި، ކަމާބެހޭ އިދާރާތަކާ ހިއްސާކުރެވޭ. މިގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެފަދަ މީހުންނާމެދު ނިންމާ ނިންމުންތައް ވެސް ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށްގެން ނިންމޭކަން ކަށަވަރުކުރެވޭ. ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަންކަން ކުރާތީ ތިބޭފުޅާ ކަންބޮޑުވާ ފަދައިން އަޅުގަނޑު ވެސް ކަންބޮޑުވޭ.
ޙަޤީޤަތުގައި، ހަމައެކަނި ރާއްޖެއަށް ނޫން، މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ވެދާނެ ވަކި މީހަކު ދޫކޮށްނުލުމަށް އަޅުގަނޑު އަމިއްލައަށް ދެފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާނެ. އެކަމަކު ހިތާމައަކީ މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ދެދުވަސް ކުރިން އެ ނިޒާމަށް ބަދަލު ގެނެސްގެން، އެމީހާ ދޫކޮށްލެވުނުކަން.
މިހާރު ތިޔަ ބޭފުޅާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި މަސައްކަތް ކުރައްވާތީ، ނިޒާމުގައި ހުރި، މިކަހަލަ އުނިކަންކަން ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދެން. ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި އާންމު ރައްޔިތުންގެ ސަލާމަތާ ކުޅެގެން ނުވާނެ.

ކުރީގެ ކޮމިޝަނަރ ޖެނެރަލްގެ ވާހަކައިން އެނގިގެން ދިޔަ ގޮތުގައި، މީހަކު ރަހީނު ކުރި ކުށްވެރިޔާ އަކީ، މުޅި ދުނިޔޭއަށް ނުރައްކާތެރި ވެދާނެ ފަދަ މީހަކަށް ވާތީ، ދެފަހަރެއްގެ މަތިން މަސައްކަތް ކޮށް އެމްޑީޕީއިން ހައްޔަރު ކޮށްފައި ހުއްޓާ، އަޒާން ފަދަ މީހުން މަޖިލީހަށް ގެނައުމަށް ވޯޓު ހޯދުމަށް ދޫކޮށްލި މީހެކެވެ.

މުއިއްޒު ދޫކޮށްފައިވާ މި ކުށްވެރިޔާއަކީ، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި، ފަތުރުވެރިން އުފުލާ ފްރާންސްގެ ފްލައިޓަކަށް ހަމަލާ ދޭން ރޭވުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މިފަދަ ބޮޑު ކުށްވެރިއަކު މުއިއްޒު ދޫކޮށްފައިވަނީ ވެރިކަމުގައި ހުރުމަށް ބޭނުންވެގެން، މަޖިލީސް ހޯދުމަށެވެ.