ޚަބަރު

ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ފޯމް ފުރާކަށް ނުޖެހޭނެ: ޔަމީން

ދިޔަވަރު
ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ފޯމް ފުރާކަށް ނުޖެހޭނެ: ޔަމީން

ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ފޯމް ފުރާކަށް ނުޖެހޭނެ ކަަމަށާއި މިއީ އެއް ފިކުރެއްގެ ދެ ޕާޓީކަަމަށް ކުރީގެ ރައީސް އަބްދުުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

"ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ. ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ.". ޔާމީން ވިދާޅުވިއެވެ.

މުއީއްޒު ގެންދަވަނީ ޕީޕީއެމް މެމްބަރުން ގިނަ އަދަދަކަށް ޕީއެންސީ އަށް ވައްދަމުން، ޕީއެންސީ ބޮޑު ކުރަމުންނެވެ. ޑީއާރުޕީ އަށް ވީގޮތް ޕީޕީއެމް އަށް ވެދާނެތީ އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީނަށް އިހްސާސް ކުރައްވައެވެ! ރައީސް މައުމޫނު އަތުން ސިޔާސީ ބާރުވެރިކަމާއި ޕާޓީ އަތުލި ގޮތަށް، މުއީއްޒު ރައީސް ޔާމީނުގެ ސިޔާސީ ހަޔާތް ހަނިކޮށް ޕީއެންސީ ވަރުގަދަ ކުރާނެކަމަށް ސިޔާސީ ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރެއެވެ.