އަބްދުއް ރަހީމް ދައްކަމުން ދަނީ، މުއިއްޒު ވެރިކަމަށް ގެނައީ އޭނާ ކަމަށެވެ. ޕީޕީއެމް ތެރޭގައި ހިންގި ބަޣާވާތުގެ މޭސްތިރިއަކީ އޭނާ ކަމެވެ. އޭނާގެ މޮޅު ސިޔާސީ ކުޅިބައިގެ ތެރޭގައި، ކާލާ-މަންނަ އަށް މިއަދު މުއިއްޒު ހަދާފައިވަނީ އޭނާގެ ސިޔާސީ އުކުޅުތަކުގެ މޮޅުކަމުން ކަމެވެ. ޕީޕީއެމް-ޕީއެންސީގެ ކިންގް މޭކާރ އަކީ އޭނާ ކަމެވެ.
މުއިއްޒުވެސް ރައްޔިތުންނަށް ދައްކައި ދިނީ އެމަންޒަރެވެ. އަބްދުއްރަހީމް ރުޅިއައިސްގެން ގެއަށް ދިޔުމުން، މުއިއްޒު އަމިއްލަ ފުޅަށް ވަޑައިގެން ވެރިކަން ލިބިއްޖިޔާ ސަރުކާރުގެ %33 އާއި، މަޖިލީސް ރައީސް ކަން ދެއްވާނެ ކަމަށް ބުނެ އަދުރޭއަށް އެވައުދު ވިއެވެ. މުއިއްޒުއަށް އޭރު ފެނުނު ފެނުމުގައި ބާރުތައް ހުރީ އަދުރޭގެ އަތުގައެވެ.
ސަރުކާރަށް އައުމުންވެސް، މުއިއްޒު ކަން ކުރެއްވީ، އަމާ އަދުރޭ ބޮޑު ކޮށްގެންނެވެ. ޓިނު އަދުރޭ އަށް އިންތިހާއަށް ބާރުތައް ދީ، އަމާ އަދުރޭ އަބްދުއްރަހީމް އަށް ބަދަލު ކޮށް ދިނީ ސީދާ މުއިއްޒެއެވެ.
މިއަދު އަބްދުއްރަހީމް ދެކެނީ ބޮޑުވަޒީރު ކަމަށް އައުމުގެ ހުވަފެނެވެ. މަޖިލީސް ރައީސް ކަން ކުރެވެންޏާ ބޮޑުވަޒީރު ކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. އެ ހުވަފެން ރައީސް ނަޝީދުގެ ފަރާތުން އަބްދުއްރަހީމް އަށް ލިބި، އެމަނިކުފާނު އެކަމަށް ދަނީ ތައްޔާރު ވަމުންނެވެ. ލިބިފައިވާ ބާރުތަކުގެ ތެރެއިން ސިޔާސީ ވާ ފުރައި، ނެޓްވޯކް ރަނގަޅަށް އަޅަމުންނެވެ.
ރައީސް ނަޝީދުގެ ފަޅިއަށް މިކަމުގައި އަރައި، މުއިއްޒަށް ބަރުލަމާނީއަކަށް ދިޔުމަށް މަޖުބޫރު ކުރުވޭނެ ހަމަ އެކަނި މީހަކީ. އަބްދުއްރަހީމްއެވެ. ބާރުތައް ހުރި ގޮތުން އެކަން ކުރެވޭނީ އެގޮތަށެވެ.
އަބްދުއްރަހީމް އޭނާ އެމީހެއްގެ ފަހަތުގައި ހުރެ، ކަށި ޖަހައި ދޫކޮށް ދިޔުމުގެ ކުރިން އެމީހެއްގެ ދިފާޢުގައި ވަރަށް ވަރުގަދަ އަށް ހުރިކަމަށް ދައްކައެވެ. މިގޮތުން މައުމޫނު ދޫކޮށް ދިޔުމުގެ މަސްތަކެއް ކުރިން "ލަދު ހަޔާތް ކުޑަވެގެން މައުމޫނު އާއި ލެޑި ނުގަންނާތި..."، ޔާމީން ދޫކޮށް ދިޔުމުގެ ކުރިން، ތިމަންނާ ޖަލަށް ލުމަށް ފަހު ޔާމީން ދޫކޮށްލަ ދިނުމަށް ލައިވް ޓީވީގައި ބުނެފައިވެއެވެ. އޭގެ ފަހުން މުއިއްޒުގަޔަށް އަންނަ ހަމަލާއެއް އަންނާނީ ތިމަންނާ ގަޔަށް އަރާފައި ކަމަށް މިހާރު ބުނެފައިވެއެވެ. މި ފެންނަނީ ވަކިވުމުގެ ކޮޅު މައްޗެވެ. މިއީ އަދުރޭގެ ޕެޓަރން އެވެ.
ރައީސް ނަޝީދާއި އެކު، ގިނަ ފޯނު ކޮލުތައް އަދުރޭ އާއި އެކު ކުރިއަށް ދާކަން އެއީ އަދުރޭގެ ގާތް މީހުންނަށް މުޅިއަކުން އޮޅިފައިވާ ކަމެެއް ނޫނެވެ. ބަރުލަމާނަށް ރައީސް ނަޝިދު ދެކޭ ހުވަފެނުގައި އަތުގައި ހިފި ބައިވެރިއަކީ އަދުރޭއެވެ.