ޚަބަރު

ސަރުކާރުގެ އިންޒާރުތަކާއި ބިރުދެއްކުންތަކަށް ކެތް ނުވެގެން, ޖާނަށް ނުރައްކާވުމުން, ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖެ ދޫކޮށް ފިއްލަވައިފި!

ދިޔަވަރު
ސަރުކާރުގެ އިންޒާރުތަކާއި ބިރުދެއްކުންތަކަށް ކެތް ނުވެގެން, ޖާނަށް ނުރައްކާވުމުން, ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖެ ދޫކޮށް ފިއްލަވައިފި!

ގައުމީ ބޭންކު, ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ, ސަރުކާރުގެ އިންޒާރުތަކާއި ބިރުދެއްކުންތަކަށް ކެތް ނުވެގެން, ޖާނަށް ނުރައްކާވުމުން ރާއްޖެ ދޫކޮށް ފިއްލަވައިފިއެވެ.

އިތުބާރުހުރި މަސްދަރުތަކުން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ބީއެމްއެލްގެ ސީއީއޯ ކާލް ރާއްޖެ ދޫކޮށް ވަޑައިގެންފައިވަނީ އެނބުރި ރާއްޖެ ނާންނަ ގޮތަށެވެ. އަދި އޭނާ ރާއްޖެ ދޫކޮށް ވަޑައިގަންނަވާކަން ބީއެމްއެލްގެ އިސް މެނޭޖްމަންޓަށްވެސް އަންގާފައި ނުވާކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައި ވެއެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖެ ދޫކޮށް ފިއްލަވާފައިވާއިރު, ދާދިފަހުން ބޭންކުން އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުވިއްކާގޮތަށް ނިންމި ނިންމު ރައީސް މުއިއްޒުވަނީ މާލީ ބަޢާވާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެެވެ. މުއިއްޒު ބީއެމްއެލްގެ އިސްވެރިން މާލީ ބަޢާވާތެއް ކުރިކަމަށް ތުހުމަތު ކުރައްވާފައިވަނީ ފާއިތުވި ހަފްތާގައި ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ,

އަދި ހަމަ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމްވަނީ, މި ބަޢާވާތުގެ ޒިންމާ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އުފުއްލަވަން ޖެހޭނެކަމަށް ވިދާޅުވެ އޭނާގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

ރައީސް މުއިއްޒު އިސްވެ ހުންނަވާ ބީއެމްއެލްގެ ސީއީއޯއާއި ބޭންކުގެ އިސްވެރިންނަށް އިންޒާރު ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ, ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން ބޭންކު އޮފް މޯލްޑިވްސްއާއި އިނދިކޮޅު ސިޔާސީ ފަރާތްތަކުން ބައިއަތު ހިފައިގެން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޚާއްސަ ތަހުގީގެއްވެސް ލޯންޗު ކޮށްފައެވެ. އެހެންނަމަވެސް މި ތުހުމަތުތަކަށް ހަފްތާއެއް ފާއިތުވެގެންދާއިރުވެސް ފުލުހުން ތުހުމަތުކުރެވޭ އެއްވެސް މީހަކާ ސުވާލުވެސް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން, ރާއްޖޭގެ މާލީ ނިޒާމު ހަމަޔަކަށް އެޅުވުމުގައި ބީއެމްއެލްއިން އަބަދުވެސް މިހުންމު ދައުރެއް އަދާކުރެއެވެ. އަދި އިންވެސްޓަރ ކޮންފިޑެންސް ހިފަހައްޓާ, ބޭންކުގެ މައްޗަށް އާންމު ރައްޔިތުންގެ ރަގަޅު ތަސައްވުރެއް އުފެއްދުމަކީ ރާއްޖޭ މާލީ ހާލަތަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ.

އެހެންނަމަވެސް ގަރުދިޔަ ޖަގަހާގައި ބޭއްވި ޖަލްސާގައި މުއިއްޒުވަނީ ރާއްޖޭގެ މާލީ ނިޒާމަތް އޮތް އިތުބާރު ފުނޑު ފުނޑު ކޮށްލާ, އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރުވެސް ވެއްޔާއި މޮޑެލުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ނަޖީޖާއަކަށް ވެގެންދާނީ, މިހާރުވެސް ގޯސްވެފައިވާ ރާއްޖޭގެ އިގްތިސާދީ އިތުތަށް ގޯސްވެ ރައްޔިތުން ބިކަވެގެން ދިއުމެވެ.

މިއީ ހަގީގަތުގައި ގައުމެއްގެ ވެރީން ރައްޔިތުންނަށް ވާ އެންމެ ބޮޑު ޚިޔާނާތްކަމަށް ގިނަބަޔަކު ސިފަކޮށްފައިވާއިރު, ގައުމެއް އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމްގައި ހުންނެވި ވެރިއަކު މި ބީދައިން ބިރުދައްކައިގެން ގައުމު ދޫކޮށް މިހާތަނަށް ފިއްލަވާފައިވާކަން އެނގޭކަށް ނެތެވެ.