ޚަބަރު

ކެފޭގައި އާއި، މިސްކިތުގައި މުއިއްޒުގެ ފޮޓޯ ނެގި މީހުންގެ ފޯނު އަތު ނުލައި، ކެފޭގައި އިން ފޮޓޯ ސޯޝަލްމީޑިޔާއަށް ލީކް ކުރި އަބާން އާއި މެދު ފިޔަވަޅު ނާޅައި، ސިންގަޕޫރުގައި ފޮޓޯ ނެގި މީހާގެ ފޯނު އަތުލުމަކީ އަނިޔާވެރިކަން އިސްކުރުން

ދިޔަވަރު
ކެފޭގައި އާއި، މިސްކިތުގައި މުއިއްޒުގެ ފޮޓޯ ނެގި މީހުންގެ ފޯނު އަތު ނުލައި، ކެފޭގައި އިން ފޮޓޯ ސޯޝަލްމީޑިޔާއަށް ލީކް ކުރި އަބާން އާއި މެދު ފިޔަވަޅު ނާޅައި، ސިންގަޕޫރުގައި ފޮޓޯ ނެގި މީހާގެ ފޯނު އަތުލުމަކީ އަނިޔާވެރިކަން އިސްކުރުން

މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފި އެވެ. ނަމަވެސް ކެފޭ ގައި މުއިއްޒު އިންދާ މި ފަހުން ފޮޓޯ އެއް ނަގައި ސޯޝަލް މީޑިޔާއަށް ލީކް ކޮށްފައި ވެއެވެ. އެ ފޮޓޯ ސޯޝަލްމީޑިޔާއަށް ލީކް ކޮށްފައި ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައި ވާ އަބާން އެވެ. އަބާންގެ ފޯނު ހިފަހައްޓާފައި ނުވެއެވެ. އަދި، އެ ފޮޓޯ ނެގި މީހާގެ ފޯނުވެސް ހިފަހައްޓާފައި ނުވެއެވެ.

މިސްކިތުގައި މުއިއްޒު އިންދާ މީހަކު ފޮޓޯ ނަގައި ސޯޝަލް މީޑިޔާގައި އާންމު ކުރި ފޮޓޯއެއް! މި ފޮޓޯ ނެގި މީހާގެ ފޯނު އަތުލާފައި ނުވޭ އަދި ސުވާލު ކޮށްފައިވެސް ނުވޭ!

އޭގެ ކުރިން މުއިއްޒު މިސްކިތަށް ނަމާދަށް ދިޔަ ދުވަސްވަރު، މިސްކިތުގައި އިންނަވަނިކޮށް އެކި ފަހަރު މަތިން ފޮޓޯނަގައި ސޯޝަލް މީޑިޔާއަށް ލާފައި ވެއެވެ. އެ ފޮޓޯ ނަގާ އިރުވެސް ނަގާކަންވެސް ސެކިޔުރިޓީން ނަށް ފާހަގަ ކުރެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެއީ މަނާ ކަމެއް ކަމަށް ނުވަތަ، އެކަން ނުކުރުމަށް ވެސް ސަރުކާރުން ބުނެފައި ނުވެއެވެ.

މުއިއްޒުގެ ސެކިޔުރިޓީ ޑީޓެއިލް އެނގޭހެން ނަގާފައިވާ މި ފޮޓޯ، ސޯޝަލް މީޑިޔާގައި އާންމު ކޮށްފައި ވަނީ އިބްރާހިމް މުހައްމަދު (ޖަނާބު) އެވެ. ސެކިޔުރިޓީ ޑީޓެއިލް އެނގޭ ދެ ފޮޓޯ ޖަނާބު ސޯޝަލް މީޑިޔާގައި ޖަހާފައި ވެއެވެ.

ރޭ އެ މީހާ ސިންގަޕޫރުން އައިސް ފްލައިޓުން ފޭބި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އެ މީހާގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. އެ މީހާއާ ސުވާލުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

https://twitter.com/ibrahimjanab/status/1736188375412142158?
ޖަނާބު ކޮށްފައިވާ ޓްވީޓް!
https://twitter.com/IbrahimAbaann/status/1827375422977536205
އަބާން ކޮށްފައިވާ ޓްވީޓް!

މި ފޮޓޯތައް ލީކް ކުރި އަދި ނެގި ބަޔަކާއި ވެސް އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ.

މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކޯޓުން އަމުރު ނެރުނީ ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ:

231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުން
233 ވަނަ މާއްދާ - ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރު - އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުން.
ބެލެވޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފޮޓޮއަކީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން އާންމުކުރި ފޮޓޯއެކެވެ.

އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. އަދި އެމަނިކުފާނުގެ ސެކިޔުރިޓީން ރައީސްގެ ކޮތަޅު ތަކުގައި ހިފަހައްޓައިގެން ތިބޭ މަންޒަރު ސޯޝަލް މީޑިޔާގައި އާންމު ވެފައި ވެއެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވެފައި ވެއެވެ.