ޚަބަރު

އެޗްޑީސީ ވިއްކާލުމުން، އުފެދޭ ބޯޑުން، ހުޅުމާލެ ފްލެޓްތަކުގެ ކުލި ބޮޑު ކުރުން އެކަށީގެންވޭ

ދިޔަވަރު
އެޗްޑީސީ ވިއްކާލުމުން، އުފެދޭ ބޯޑުން، ހުޅުމާލެ ފްލެޓްތަކުގެ ކުލި ބޮޑު ކުރުން އެކަށީގެންވޭ

ރައީސް މުއިއްޒު އެޗްޑީސީ ވިއްކާލަން ނިންމަވާފައިވާ ވާހަކަ މިއަދު މިނިސްޓަރ ހައިދަރު ވަނީ ޕްރެސްގައި ހާމަ ކުރައްވާފައެވެ. އެޗްޑީސީގެ ހިއްސާ ވިއްކާލުމުން، ސަރުކާރުގެ ބާރު ކުޑަވެ، ބޭރުގެ ނުވަތަ ރާއްޖޭގެ ބޮޑު މުއްސައްޖެއް އެޗްޑީސީގެ ގިނަ ހިއްސާ ތަކެއް ގަންނާނެއެވެ. އެހިސާބުން ކުންފުނީގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

އެހިސާބުން އާންމު ހިއްސާދާރުން ކުންފުނި ވީހާވެސް ބޮޑު ފައިދާއެއްގައި ހިންގުމަށް ބޭނުންވާނެއެވެ. އެހެން ކަމުން، އެންމެ ފަސޭހައިން ކުންފުންޏަށް ފައިދާ ވާނެ ގޮތަކީ ކުލި ބޮޑު ކުރުން ކަމަށް ބުނެ، ކުލި ބޮޑު ކުރާނެއެވެ.

ޕަބްލިކް ކުންފުންޏަކަށް ވުމުން، ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމުގައި މުއިއްޒު ހާމަ ކުރާނެއެވެ.

ކަންތައްތައް ފެންނަން ހުރި ގޮތުން، ސަރުކާރުގެ ހަރު މުދާ ވިއްކައިގެން މުޅި ގައުމު ދަވާލައިގެންވެސް މުއިއްޒު ބަލަނީ ވެރިކަން ކުރެވޭތޯއެވެ.