ޚަބަރު

ޒަމީރު އަނެއްކާވެސް ފައިސާ ލިބޭތޯ އާދޭހުގެ ސިޓީއަކާ އެކު ޔޫއޭއީއަށް, އެހީ ހޯދަން އަޅާންޖެހޭ ފިޔަވަޅު ނާޅާ, ފައިސާ ހޯދަން ރައީސްގެ ސިޓީއަކުން އާދޭސްކުރަމުން ދިއުމަކީ ގައުމުތަކުން ބަލައިގަންނާނެ ޑިޕްލޮމަސީއެއް ނޫން!

ދިޔަވަރު
ޒަމީރު އަނެއްކާވެސް ފައިސާ ލިބޭތޯ އާދޭހުގެ ސިޓީއަކާ އެކު ޔޫއޭއީއަށް, އެހީ ހޯދަން އަޅާންޖެހޭ ފިޔަވަޅު ނާޅާ, ފައިސާ ހޯދަން ރައީސްގެ ސިޓީއަކުން އާދޭސްކުރަމުން ދިއުމަކީ ގައުމުތަކުން ބަލައިގަންނާނެ ޑިޕްލޮމަސީއެއް ނޫން!

މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ. ފޮ

ރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ނިޔަލަށް ޒަމީރު ކުރައްވާ ދަތުރުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެ އާއި އެކުވެރި އަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ،" މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިދިޔަ ހަފްތާގައި ދަށްކޮށްފައިވާ އިރު، ޒަމީރު މި ފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅަކާ އެކު ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިން އަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުތަކުގެ ތެރެއިން، ރާއްޖެއަށް މާލީ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވި ނަމަވެސް, މިއިން އެއްވެސް ގައުމަކުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަަމުގެ އެއްވެސް ޔަގީންކަމެއް ދީފައެއް ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ގޮސް, ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މިހާރުވަނީ މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. އެގޮތުން ރަސްމީ ހިސާބުތައް ދައްކާގޮތުން, ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މިހާރުވަނީ 10 ވަރަކަށް މިލިއަން ޑޮލަރާއި ހަމައަށް ދަށަށް ގޮސްފައެވެ. މިއީ ރާއްޖެއަށް ބޭނުންވާ އެންމެ މަހެއްގެ ތެލަށްވެސް ނުފުދޭ ވަރުގެ މަދު ފައިސާ ކޮޅެކެވެ.

އޭގެ އިތުރުން, ދައުލަތުގެ ރިޒާވަށް އަސަރުކޮށް, ގައުމަށް ކުރިމަތިވެފައިވާ ޑޮލަރު ދާށިކަން އިންތިހާއަށް ބޮޑުވެ, ގައުމީ ބޭންކު, ބީއެމްއެލްއިން އެ ބޭންކުން ދޫކޮށްފައިވާ ފައިސާ ޑެބިޓް ކާރޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލުމަށް ނިންމާފައި ވެއެވެ. އެހެންނަމަވެސް ހަމަ ނިންމުން ނިންމި ދުވަހު ބޭންކުގެ އެ ނިންމުން ބަދަލުކުރީ ރައީސް މުއިއްޒުގެ ”ހެޔޮފުޅު ކަމުން“ކަމަށް ބުނެ ސަރުކާރުގެ ވަޒީރުން ވާހަކަ ދައްކަވާފައިވެއެވެ. އެހާތަނުން މިސަރުކާރުގެ ސިޔާސީ ނުފޫޒު ގައުމީ ބޭންކުގެ ތެރެއަށް ވަދެފައި އޮތް މިންވަރު ވަރަށްވެސް ރަގަޅަށް ސާފުވެގެން ދިޔައެވެ.

އަދި ޖެހިގެން އައިދިވަހުގެ ރޭ, ވެރިކަންކުރާ ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ބީއެމްއެލްއިން ގެންނަން އުޅުނީ ބޮޑު ބަޢާވާތެއްކަމުގައެވެ. އެއަށްފަހު ބޭންކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބަޢާވާތެއް ގެންނަން އުޅުނުކަމަށް ބުނެ, ފުލުހުންވެސް ވަނީ ތަހުގީގެއް ލޯންޗު ކޮށްފައެވެ.

ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި އޮތް ޖަސްލާސާގައި ދައުލަތުގެ ވަޒީރުންވެސް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށްވެސް ގޮވާ ހަދާފައެވެ.

މާލީ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ, މިސަރުކާރުން ބޭންކު އޮފް މޯލްޑިވްސްގެ އިތުބާރު އިންވެސްޓަރުންނާއި އާންމު ރައްޔިތުންގެ މެދުގައި ގެއްލުވާލުމުން, އޭގެ ނަތީޖާއެއްގެ ގޮތުން އިންވެސްޓަރ ކޮންފިޑެންސް ގެއްލި, ގައުމަށް ކުރިމަތިވެފައިވާ މާލީ ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ.

އޭގެ ނަތީޖާއަކަށް ވެގެންދާނީ ދުނިޔޭގެ އެކި ގައުމުތަކަށް ރައީސް މުއިއްޒުގެ ސިޓީފުޅުތައް ކިތަންމެ ގިނައިން އަރިސްކުރި ނަމަވެސް, ބޭރުގެ ގައުމަކުން އަދި އެއްވެސް ޖަމާއަތަކުންވެސް, ހަރުދަނާ އަދި ދުޅަހެޔޮ އިގްތިސާދެއް ނެތް ގައުމަކަށް ފައިސާ ދޫނުކުރުން ކަމުގައިވެސް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ފާއިތުވި ދެ ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކަށް ވަޑައިގެން އެގައުމުގެތަކުގެ އެންމެ މަތީ ވެރިންނަށް މުއިއްޒުގެ އާދޭހުގެ ސިޓީފުޅުތައް އަރިސްކޮށްފައެވެ. މި ސިޓީފުޅުތައް, ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ޒަމީރު އަރިސްކޮށްފައިވަނީ އެގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ނުވަތަ އެއަށްވުރެ ދަށްފަންތީގެ އޮފިޝަލުންނަށެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާވެސް ހިމެނެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ގައުމަކުން ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ފައިސާގެ އެހީތެރިިކަމެއް ފޮރުކޮށްދީފާނެ ކަމުގެ އެއްވެސް ފެހި ސިގްނަލެއް ދިފައި ނުވާކަމަށް ”ދިޔަވަރު އޮންލައިން“އާއި މައުލުމާތު ހިއްސާކުރި މިސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.