މާލީ ހާލަތު ދަށްވެފައި ވަނިކޮށް، ގައުމިއްޔަތުގެ ދިރާސާ ކުރުމުގެ ނަމުގައި 'އިސްވަރު' ކިޔާ ކޮލެޖެއް މުއިއްޒު އިފްތިތާހުކޮށްފިއެވެ. ޤައުމީ ޔުނިވާރސިޓީ ހުއްޓާ، އެތަނުން ކޮށްލެވެން ހުރި މަސައްކަތެއް، އިތުރު ކޮލަޖެއް އުފައްދައިގެން ކުރުމަކީ ބޮޑު އިސާރާފެކެވެ. އަދި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އުފުލާނެ މާލީ ބޮޑު ބުރައެކެވެ.
މި ކޮލެޖް އިފްތިތާހު ކުރުމުން، ޤައުމީ ޔުނިވަރސިޓީ އިން މިހާރު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތް ކަމުގައި ވާ ޅެން ބަހުން ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ކުރަމުންދާ ޤައުމީ ދިރާސާ އިސްވަރު ކޮލަޖަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވެއެވެ.
ރައީސް މި ކޮލެޖް އިފްތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ހަފްލާގަ އެވެ.
އެ ރަސްމިއްޔާތުގައި އެ ކޮލެޖާ ގުޅޭ ގޮތުން ދިން ޕްރެޒެންޓޭންގައި ބުނީ އެ ކޮލެޖު ވާނީ ރައީސް މުއިއްޒު އެކަށައަޅުއްވާފައިވާ ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމްގެ މުހިންމު އެއް ގުނަވަނަށް ކަމަށެވެ. މުއިއްޒު ދަނީ ހައްދުފަހަނައެޅި ކަނައަތު ފިޔާގެ ޤައުމިއްޔަތު ރާއްޖެ ގެނައުމަށް މަސައަކަތް ކުރަމުންނެވެ. މިފަދަ ހައްދުފަހަނަ އެޅި ޤައުމިއްޔަތަކީ ދުނިޔެއަށް ނުރައްކާތެރި ފިކުރެކެވެ. މިގޮތުން ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނީ ހައްދުފަހަނަ އެޅި ޤައުމިއްޔަތު ޤަބޫލު ކުރާ ސާބިޔާގެ ގޭންގަކުން އޮސްޓްރޯ-ހަންގޭރީގެ ވެރިކަމަށް އަންނަށް ހުރި އަމީރަށް ހަމަލާދީ އޭނާ މަރާލުމާއި ގުޅިގެންނެވެ. ހައްދުފަހަނައެޅި ޤައުމިއްޔަތަކީ ދުނިޔޭގައި އެންމެ ބޮޑަށް ލޭ އޮހޮރުވުން އުފެދުނު އެންމެ ގިނަ ބަޔަކު ގަތުލުކޮށް މަރާފައިވާ ފިކުރެވެ.
'އިސްވަރު' އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ:
ދިވެހި ބަސްގެ ވަރު
ދިވެހި ތާރީހުގެ ވަރު
ދިވެހި ތަރިކައިގެ ވަރު
ދިވެހި ސުކޭމުގެ ވަރު
ދިވެހި ފަންނުގެ ވަރު
އެއިން ކޮންމެ ދާއިރާއަކަށް މި ރަސްމިއްޔާތުގައި އިސް މީހަކު މުއިއްޒު އައްޔަންކޮށްފައިވެ އެވެ. އަދި އެ އިސް މީހުންނަކީ، މި ކޮލެޖްގެ ކައުންސިލްގެ ފަސް މީހުން ކަމަށް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަރްޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް (ދިވެހި ބަހުގެ އިސްވާރު)
ކަށީމާ އަހްމަދު ޝާކިރު، މއ. ކަށީމާ (ދިވެހި ތާރީހުގެ އިސްވާރު)
ހަސަން ޒަރީރު، ސ. މަރަދޫ/ލޮނުފެން (ދިވެހި ތަރިގައިގެ އިސްވާރު)
މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ (ދިވެހި ސުމޭކުގެ އިސްވާރު)
މަރްޔަމް އިޝާ އަޒީޒް، ހ. ހާދި (ދިވެހި ފަންނުގެ އިސްވާރު)
މައުލޫމާތު ލިބޭ ގޮތުގައި މިއިން ކޮންމެ މީހަކަށް 40،000 ބޮޑު މުސާރައެއް ލިބޭނެއެވެ. މީގެ އިތުރުން ސަރުކާރުން މި ކޮލެޖުގެ އެކި މަސައްކަތަށް އެތައް މިލިއަނަކުން ޚަރަދު ކުރާނެ ކަމަށް ބެލެވެއެވެ.
ގައުމިއްޔަތަށް ހާއްސަ ކޮލެޖް ހިމެނޭ ގޮތަށް ހައްދުފަހަނަ އެޅި ގައުމިއްޔަތު ދިރުވުމަށްޓަކައި ތިން އިދާރާއެއް އުފެއްދެވުމަށް ރައީސް މުއިއްޒު ނިންމަވާފައު ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.