ޚަބަރު

ރިޕޯޓު: 12 ގަނޑު ޓިނު ވަގަށް ނަގައިގެންގެ އަރުވާލި އަބުދުއްރަހީމަށް ގުލާނު ކޮށްދޭން ދަނގަޑޭ ދިއުމުން, އެ ދައްކުވައި ދެނީ އަންނަން އޮތް ޖީލުތަކަށް ވަރަށްވެސް ހުތުރު މިސާލެއް!

ދިޔަވަރު
ރިޕޯޓު: 12 ގަނޑު ޓިނު ވަގަށް ނަގައިގެންގެ އަރުވާލި  އަބުދުއްރަހީމަށް ގުލާނު ކޮށްދޭން ދަނގަޑޭ ދިއުމުން, އެ ދައްކުވައި ދެނީ އަންނަން އޮތް ޖީލުތަކަށް ވަރަށްވެސް ހުތުރު މިސާލެއް!

ދިވެހި ރާއްޖެއަކީ ކުޑަ ގައުމަކަށް ވީ ނަމަވެސް, ދިވެހީންނަކީ ގައުމަށް ރީތި ނަން ހޯދާ ދިނުމަށް ނުހަނު ހިންމަތާއެކީ މަސައްކަތް ކުރާ ދަރީންތަކެއް ނިސްބަތްވާ ގައުމެކެވެ. އަދި ގައުމަށް ލިބޭ ރީތި ނަމާއި, ގައުމަށް ރީތި ނަން ހޯދާދޭ މީހުންނަށް ގައުމީ ބަތަލުންގެ ދަރަޖަ އެރުވުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އަބަދުވެސް އޮންނަމުންދާ އެއްބައިވަންތަކަމާއި ގައުމީ ލޯބި ވަރަށް ރަގަޅަށް ރަމްޒު ކޮށްދެމުން އަންނަ އާދައެއްކަމީވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

އޭގެ އެންމެ ފުރިހަމަ މިސާލެއް ފެންނާން އޮތީ ދިވެހި ފުޓު ބޯޅައިގެ ތާރީޚުންނެވެ. އެއީ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އަބަދުވެސް އެންމެ ތާއީދުކުރާ ކުޅިވަރެއްގެ ގޮތުގައި އެކުޅިވަރު އެތަކެއް ޒަމާންތަކެއް ވަންދެން ދެމި އޮތުމާވެސް އެކީއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން, ދިވެހި ފުޓު ބޯޅާގައި ނަން ވިދާޅި މޮޅެތި ދިވެހި ކުޅުންތެރިންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ގިނަބަޔަކު އަބަދުވެސް ސިފަކުރަމުން އައިސްފައިވެއެވެ. އެއް ޒަމާނެއްގައި ކުޑަ މޫސައެވެ. ފަހުގެ މި ޒަމާނުގައި ފުޓު ބޯޅައިގެ ދަނޑުގައި މަޝްހޫރު ދަނގަޑޭއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދަނގަޑޭއަކީ ހަގީގަތުގައިވެސް ދިވެހި އެތަކެއް ރައްޔިތުންނެއްގެ ހިތުން ޖާގަ ހޯދި, މުޅި ދެކުނު އޭޝިއާއަށްވެސް މަޝްހޫރު, ކުޅަދާނެ ފުޓު ބޯޅަތަރިއެކެވެ. އޭނާ ފުޓު ބޯޅައިގެ މައިދާނުގައި ގައުމަށް ހޯދާ ދިން ރީތި ނަމާއި, ދަނޑުމަތީގައި ދެއްކި ކުޅުމާއި އަޚްލާގަކީ އެތައް ދިވެހިންނެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަންކަމެވެ.

އަދި ވަކީ ޚާއްސަކޮށް, ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކާއި, އޭގެ ދިލަގަދަ ހޫނުގައި ނުޖެހި, ގައުމަށް ހޯދާދެވުނު ރީތި ނަންމަތީ ދެމި ހުންނަމުން އައި މަދު ކުޅިވަރު ޝަޚްސިއްޔަތުންގެ ތެރޭގައިވޭސް އޭނާ މިހާތަނަށް އައިސްފައިވަނީ ހިމެނެމުންނެވެ.

އެހެންނަމަވެސް މި ޓެރެކް ރެކޯޑު އޭނާއަށް ދެމެހެއްޓުނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއި ހަމައަށެވެ. މިސަރުކާރަށް އެންމެ 9 މަސް ފުރިގެންދިޔަ ތަނާ, ދަނގަޑޭ މިވަނީ ކުއްލި ގޮތަކަށް މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖައްސާފާއެވެ.

ދަނގަޑޭއަށް ވަޒިފާއަކުން ލިބޭ ކުޑަ މުސާރައެއް އިންތިހާއަށް މުހިންމުވެ, އަބުދުއްރަހީމް ހުންނަވާ މުރައިދޫގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމާއެކު, ދަނގަޑޭގެ ޒިންމާއަކަށް ދެން ވެގެންދާނީ, 12 ގަނޑު ޓިނު ވަގަށް ނަގައިގެން އަރުވާލި, އަދި އަމިއްލަ ދިރިއުޅުމުގައި އެއްވެސް އަދަބު އަޚްލާގެއް ނެތް އަބުދުއްރަހީމަށް ޚިދުމަތް ޚިދުމަތް ކުރުމެވެ.

އެއީ މުރައިދޫގޭގެ ސުފުރާ މަތީގައި އަބުދުއްރަހީމް ހިތްޕުޅާވާވަރުގެ ކާނާ ހުރިކަން ޔަގީން ކޮށްދިނުމުން ފެށިގެން ގޮސް, އަބުދުއްރަހީމް އަމިއްލަ ކޮޓަރީގެ ފާޚާނާގައި ހުންނަ ޓޮއިލެޓް ޕޭޕަރުވެސް ހުސް ވެއްޖެކަން ނުވަތަ ނުވާކަން ދެނެގަތުމުގެ ޒިންމާ ކަމުގައިވެސް, ނުވަތަ އަބުދުއްރަހީމް ނިދާ އެނދުކޮޅުގެ ތަންމަތި އަޅާދިނުން މޮނިކުރާންޖެހުން ކަމުގައި ވިޔަސްވެސް މެއެވެ.

އާދޭހެވެ! ދިވެހި ތާރީޚު ދުށް, އެތައް ދިވެހިންނެއްގެ ހިތްތަކުން ޖަގަ ހޯދި, މޮޅު ފުޓު ބޯޅަ ކުޅުންތެރިޔާ އަބުދުއްރަހީމަށް ގުލާނުކޮށްދޭން އެމަގު އިޚްތިޔާރު ކުރުމުން އެތައް ބައެއްގެ ހިތްތަކުގައި އުފެދެމުންދާ ބޮޑު ސުވާލަކީ މިއީއެވެ. މިއަށްވުރެ ޝަރަފްވެރިކޮށް ދިރިއުޅުމުގެ މަގު ދަނގަޑޭއަށް ބަންދުވެގެން ދިޔައީތޯއެވެ. އަންނަން އޮތް ޖީލުތަކަށް މި ނުރަގަޅު މިސާލު ދައްކަން އޭނާއަށް މަޖުބޫރު ކުރުވީ ކޮންކަމެއްތޯއެވެ.

ގައުމަށް ހޯދާ ދިން ރިވެތިނަން ކިލަނބު ކުރުވުމަށް, ސަރުކާރުގެ އާދައިގެން ވަޒީފާއަކަށް ދިއުމަށް ދަނގަޑޭއަށް މަޖުބޫރު ކުރުވީ ކޮން ހާލަތެއްތޯއެވެ. ގައުމީ ތަރިންނާއި, ގައުމަށް ރީތި ނަން ހޯދާދޭ ފަރާތްތަކުގެ ދިރިއުޅުން ހަމަ ހަގީގަތުގައިވެސް ދިވެހިރާއްޖޭގައި ބައްޓަންވެފައި އޮންނަމުންދަނީ ނާޝިގަނޑު ހިފައިގެން ސިޔާސީ މީހުންގެ ފަސްފަހަތުން ސަލާމް ޖަހަމުން ދާންޖެހިފައިވާ ހާލަތުގައި ތޯއެވެ.

މިހުރިހާ ސުވާލަކަށްވެސް ދޭން ޖެހިފައިވާ ޖަވާބަކީ "ނޫނެކޭ" މިއީއެވެ.

ފުޓުބޯޅައަކީ މުޅި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއްކުޅިވަރަށް ވުމާއެކު, އެކުޅިވަރުގެ ތަރީންނަކީ އަބަދުވެސް އެ ޕްރޮފެޝަންގައި ދެމި ތިބެމުންދާ ފަރާތްތަކެވެ. ވަށައިގެން ފެންނާން ހުރީ މި ދިރިހުރި މިސާލެވެ. އާޖެންޓީނާގެ މެސީއާއި, ޕޯޗުގަލްގެ ރޮނާލްޑޯއާއި އަދި މިނޫނަސް މިފަދަ އެތަކެއް ތަރީންނެއް, ކެރިއަރުގެ ފަހަތާއި ހަމައަށް ދަތުރު ކުރި ނަމަވެސް ދެމިތިބެމުންދަނީ ލެޖެންޑުންގެ ގޮތުގައެވެ. އެ ތަރީން, ތަރީންގެ ގައުމުތަކުގެ ސިޔާސީ ފަރާތްތަކުގެ ފަރާތުން, "ވަޒީފާ ގަނޑަކަށް" އެދި އާދޭސް ކުރަމުންނެއް ނުދެއެވެ.

އެހެންނަމަވެސް ކުޅިވަރުގެ މައިދާނުންވެސް ދިވެހިރާއްޖެ ތަފާތުވެގެން ދިޔައީއެވެ. މުޅިރާއްޖެ އެ އެތުލީޓަކަށްޓަކާ ފަޚުރުވެރިމުން އައި, ގައުމީ ބަތަލެއްގެ ދަރަޖަ ދެމުންއައި ދަނގަޑޭވެސް އެންމެފަހުން ސަލާން މިޖެހީ އާދަައިގެ ސިޔާސީ ވަޒީފާ ގަޑަކަށެވެ. އަދި އެއީވެސް ނުކިޔަވާހުރި އަބުދުއްރަހީމަށް ގުލާނުކޮށްދިނުމުގެ ވަޒީފާއެވެ.

މިއީ ހަގީގަތުގައިވެސް މިއަދު ފުންކޮށް ވިސްނާލަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. މުޅި ގައުމުގައިވެސް ހުރި އެންމެ ކޮރަޕްޓް, އެންމެ ބަސްމަގު ހަޑި, 12 ގަޑު ޓިނު ވަގަށް ނަގައިގެން އަރުވާލި އަބުދުއްރަހީމްގެ ރަސްމީ ގެކޮޅުގެ ވަޒީފާއަކަށް ދަނގަޑޭ ދާންޖެހުމުން އޭނާ އެ ގުރުބާން ކޮށްލީ ގައުމު އޭނާއަށް ދިން އަގުހުރި ނަމާއި, ކަމެވެ. އޭނާ އެ ޝާމިލް ވެގަތީ ރާއްޖޭގަ އޮތް ހަޑި މުޑުދާރު ސިޔާސީ މަސްރަހާއެވެ.

ހިތާމައާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ, ގައުމަށް ރީތި ނަމެއް ހޯދާ ދެވުނު ނަމަވެސް, މިފަރާތްތަކަކީ އެއްވެސް އުސޫލެއް ހަމައެއް ގަބޫލުކުރާ ބަޔަކު ނޫންކަމެވެ. ދަނގަޑޭވެސް ކުޑަ މުސާރަކޮޅެއްގެ ދަހިވެތިކަމުގައި ގުރުބާން ކޮށްލީ އޭނާއަށް އެތައް ބަޔަކު ކުރަމުން އައި އިހުތިރާމެވެ. ގުރުބާން ކޮށްލީ ދިވެހިގައުމު އޭނާއަށް ދިން ރިވެތި ނަމާއި ކުރަމުން އައި ތާއީދެވެ.

އޭގެ ނަތީޖާ ވަރަށްވެސް ފޮނިތާއެވެ. ވެއްޓެމުންދާ ސަރުކާރެއްގެ އާދައިގެ ވަޒީފާގަޑަކަށް ދިއުމަށް ދަނގަޑޭ ނިންމި ނިންމުމުން ދޭހަ ކޮށްދެނީ އޭނާއަކީވެސް އެއްވެސް ހަމައެއް ލަމައެއް ގަބޫލުނުކުރާ "ވަކަރުގޭ" ކުއްޖެއް ކަމެވެ. އޭނާގެ އަމިއްލަ އެދުމުގެ ކުރިމަތީގައި ކޮރަޕްޝަނާއި ފަސާދައަށް ތާއީދު ކުރުމަށް އޭނާ ފަހަތަށް ނުޖެހޭނެ ކަމެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ގައުމަށް ރީތި ނަން ހޯދާ ދިފައިވާ ފަރާތްތަކުގެ އަބުރު ވެއްޔާއި މޮޑެލުމަށް ހިތްވަރު ދިނުމާއި އެ ސިޔާސަތު ތަންފީޒުކޮށް, އެމަގުން މުއިއްޒު ގެންދަވަނީ ގައުމަށް އެތަކެއް ގެއްލުމެއް ދެމުންނެވެ. މުއިއްޒުގެ މި ނުބައި ސިޔާސަތުގެ ޝިކާރައަކަށް އެންމެ ފަހުން ވެގެން މިދިޔައީ ދިވެހި ފުޓުބޯޅަ ތަރި ދަނގަޑޭއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!