ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލަކާ ޖެހުމުންނެވެ.
އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ އަށް އުފަން ޒުވާނެކެވެ. އޭނާގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެނގިފައިވާ ގޮތުގައި މި ޒުވާނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. ސައިކަލު ފަހަތުގައި އިން އަނެއް ޒުވާނާއަށް މާ ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ހާދިސާ ހިނގި ވަގުތު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއްނުވެ އެ ޒުވާނާ ވަނީ ނިޔާވެފައެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުންބުނީ، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްމަށް ރޭ 2:48 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެނާ ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސެއްވެސް ނެތެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެސަރަހައްދު އެކީ ބަންދުކޮށް އިތުރު ތަހުގީގުތައް ކުރަމުންނެވެ. އެކްސިޑެންޓް ވެފައިވާ ކާރާއި ސައިކަލު މިހާރު އޮތީ ވަރަށް ދުރުގަ އެވެ.
އެސަރަހައްދަކީ ދާދި ފަހުން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައިވާ ސަރަހައްދެކެވެ.
މީގެ އިތުރުން، ދެ ދުވަސް ކުރިން މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ދިވެހި ޒުވާނަކަށް އައި.ޖީ.އެމް.އެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
މިދިޔަމަހ، ވިނަރެސް ފްލެޓް ސަރަޙައްދުގައިވެސް ބާރު ސްޕީޑުގައި ދުއްވަމުން އައި ރޭސް ކާރެއް ކޮންޓްރޯލް ގެއްލި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެނބުރެމުން އައި ރަތް ކުލައިގެ އެ ކާރު ޖެހުނީ އެވަގުތު މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައެވެ.
މި އެކްސިޑެންޓުގައި އެ މީހާ ވަރަށް ދުރަށް ވިއްސިގެން ގޮސްފައިވެފައިވެއެވެ. އަދި އޭނާ އިން ސައިކަލުވެސް ވަނީ ބޮޑުތަނުން ހަލާކުވެފައެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް، ކާރުގައި ތިބި މީހުން ވަނީ ކާރު ދޫކޮށް ފިލާފައެވެ. މި މައްސަލައާ ގުޅިގެން ކާރުގައި ތިބި ތިން މީހުން ވަނީ ހޯދައި ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އެކަކު ފުލުހުންގެ އިހުމާލުން މީގެ ކުރިން ދޫކޮށްފައިވެއެވެ.
މުއިއްޒުގެ ސަރުކާރަކީ ގޭންގް ތަކާއި ގުޅުން ބޮޑު ސަރުކާރެކެވެ. މިކަމުގެ ސަބަބުން ޤައުމުގައި ވަނީ ގޭންގް ބާރު ގަދަވެ، ބިރުވެރި މާހައުލެއް އުފެދިފައެވެ.