ޚަބަރު

ފަރުވާ ކުޑަކޮށް ދުއްވައިގެން ޖެހި އާންމުން މަރުވެ، އުމުރަށް ނުކުޅެދޭ އިރު، މި ކަމުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ނުޖަހައި، އާދައިގެ ކަމަކަށް ހަދާފައިވާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ! އެހެން ޤައުމުތަކުގައި ބަލަނީ ގަސްތުގައި މީހަކު މަރާލީކަމަށް!

ދިޔަވަރު
ފަރުވާ ކުޑަކޮށް ދުއްވައިގެން ޖެހި އާންމުން މަރުވެ، އުމުރަށް ނުކުޅެދޭ އިރު، މި ކަމުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ނުޖަހައި، އާދައިގެ ކަމަކަށް ހަދާފައިވާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ! އެހެން ޤައުމުތަކުގައި ބަލަނީ ގަސްތުގައި މީހަކު މަރާލީކަމަށް!

ފަރުވާކުޑަކޮށް ދުއްވައިގެން ޖެހި އާންމުން މަރުވެ، އުމުރަށް ނުކުޅެދޭ އިރު، ފަރުވާ ކުޑަކޮށް ދުއްވާ މައްސަލަ ތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ނުޖަހައި، މިއީ އާދައިގެ ކަމަކަށް ހަދާފައިވާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ. ފަރުވާ ކުޑަކޮށް ދުއްވައިގެން ޖަލުގައި އޮތް އެއްވެސް މީހަކު ނެތެވެ.

ނަމަވެސް، ރޭވެސް ޒުވާނަކު ރޭސް ކާރަކުން ޖައްސައި އެ މަރާލީއެވެ. މިއީ ބޭރު ޤައުމުތަކުގައި އުމުރުދުވަހުގެ ޖަލު ހުކުން އަންނަ ވަރުގެ މައްސަލައެކެވެ. ނަމަވެސް ކާރު ދުއްވި މީހާ ހުންނާނީ 3 މަސް ނުވަނީސް އިތުރަށް ރޭސް ކޮށް ބާރަށް ކާރު ދުއްވާށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި ރޭސިންގ ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިޑުގައި ސައިކަލެއްގައި އިން މީހެއްގައިގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ތިބި ކުށްވެރިން ތެރެއިން އެކަކު ފުލުހުން ވަނީ ކޯޓަށް އެއްބާރުލުން ނުދީ އަދި ކޯޓުގައި ދޮގު ހަދައިގެން ދޫކޮށްލާފައެވެ. އާންމުގެ ރުޅިވެރިކަން މިކަމާއި ގުޅިގެން ގަދަވުމުން އަނެއްކާ ފުލުހުން އޭނާ ހައްޔަރު ކުރިއަށް އިތުރު 4 މަސްތެރޭ އޭނާވެސް ހުންނާނީ ހަމަ ރޭސް ޖެހުމުގައެވެ.

މިކަހަލަ މައްސަލަތައް، ރާއްޖެ ނޫން ހުރިހާ ޤައުމުތަކުގެ ޤާނޫނީ ނިޒާމުން ބަލައިގަންނާނީ ވަރަށް ސީރިއަސް ކުށެއްގެ ގޮތުގައެވެ. ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން ފަރުވާ ކުޑަކޮށް ދުއްވުން އެއީ ކުށެއް ނޫނެވެ. އާންމުކޮށް މިފަދަ މައްސަލަތައް ބެލެވޭނީ:

ފަރުވާކުޑަކޮށް މީހަކު މެރުން (Negligent homicide)، ބޭނުމަކާ ނުލައި މީހަކު މެރުން (Manslaughter) ނޫނީ ދެވަނަ ދަރަޖައިގެ މީހަކު މެރުން (Second-degree murder).

ދެވަނަ ދަރަޖައިގެ މީހަކު މެރުން ސިފަ ކުރަނީ، ކުރިން ރޭވުމެއް ނެތި، އެކަމަކު ފަރުވާކުޑަކަމަކުން ނުވަތަ ނުރައްކާތެރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުންނެވެ. ރޭގައި އެ ހިނގީ ސެކަންޑް ޑިގްރީ މާރޑަރއެކެވެ.

ރާއްޖެ ނޫން ހުރިހާ ޤައުމެއްގައި، ފަރުވާކުޑަކޮށް ދުއްވައިގެން ކޮންޓްރޯލް ނުވެގެން ހިނގާ މިފަދަ މައްސަލަތަކުގައި ކުށްވެރިޔާއަށް ބޮޑު ޖަލުހުކުމެއް އާދއެވެ. އަދި ބޮޑު އަދަދުތަކުން ޖޫރީ މަނާކޮށް، އެއްވެސް ދުއްވާއެއްޗެއް ނުދުއްވޭ ގޮތް ހަދައެވެ.

ދުނިޔޭގެ ޤައުމުތަކުގައި މިފަދަ ކުށްތަކުގެ އަދަބުގެ ގޮތުގައި ދީފައިވާ ބައެއް އަދަބުތައް ހިމަނާލާނަމެވެ.

ނިއުޔޯކް ސިޓީ (2022):
ޓައިމްސް ސްކުއެއަރގައި ކާރެއް ދުއްވަމުން ދިޔަ މީހަކު ކޮންޓްރޯލް ގެއްލި، ފުޓްޕާތުގައި ތިބި މީހުންނަށް ޖެހި، 23 މީހުން ޒަޚަމްވިއެވެ. އޭގެތެރެއިން އެކަކު މަރުވިއެވެ. ޑްރައިވަރަށް ދެވަނަ ދަރަޖައިގެ މީހަކު މެރުމުގެ ކުށް ސާބިތުކުރެވުނެވެ.
ލަސް ވެގަސް (2020):
ބާރަށް ދުއްވަމުންދިޔަ ކާރެއް މީހުން ހިނގާ ސަރަހައްދަށް އަރައި، 3 މީހުން މަރުވެ، 6 މީހުން ޒަޚަމްވިއެވެ. ޑްރައިވަރަށް މަސްތުވެގެން ދުއްވުމާއި މީހުން މެރުމުގެ ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށްލެވުނެވެ.
ބަރލިން، ޖަރުމަނުވިލާތް (2020):
ކާރެއް ޕޭވްމަންޓަށް އަރައި 5 މީހުން މަރުވިއެވެ. ޑްރައިވަރަކީ ނަފްސާނީ ބައްޔެއް ހުރި މީހެއްކަން ފަހުން އެނގުނެވެ. އޭނާ ބަންދުކުރެވުނީ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައެވެ.
ޓޮރޮންޓޯ، ކެނެޑާ (2018):
ވޭނެއް ޕޭވްމެންޓަށް އަރައި 10 މީހުން މަރުވެ، 16 މީހުން ޒަޚަމްވިއެވެ. ޑްރައިވަރަށް 10 ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލެވުނެވެ.
ނިސް، ފްރާންސް (2016):
ޓްރަކެއް މީހުންގެ ތެރެއަށް އަރައި 86 މީހުން މަރުވެ، 458 މީހުން ޒަޚަމްވިއެވެ. މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ބެލެވުނެވެ.

މި ހުރިހާ ކޭސްތަކުގައިވެސް، ކުށްވެރިންނަށް ވަރަށް ބޮޑެތި އަދަބުތައް ދެވުނެވެ. ދިވެހިރާއްޖޭގައި ވެސް މިފަދަ ހާދިސާތަކަށް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. މިކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، މިފަދަ ހިތާމަވެރި ހާދިސާތައް މަދުވާނެއެވެ. ނަމަވެސް، ރާއްޖޭގައި އޮތީ ކުށްވެރިން ހިމާޔަތް ކުރާ ސަރުކާރެކެވެ. އެފަދަ ސަރުކާރެއްގައި ކޮރަޕްޝަން އިންތިހާއަށް އޮތް ފުލުހުންގެ މުއައްސަސާއިން މައްސަލަ ތައް ނުބެލޭނެ ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. ހުޅުމާލޭގައި އެންމެ ފަހުން ރޭސިންގ ކާރަކުން މީހަކު ގައިގައި ޖެއްސި މީހާ ދޫކޮށް ލުމުން އެ ވާހަކަތައް ސޯޝަލް މީޑިޔާގައި އާންމުން ހާމަ ކުރިއެވެ.