ޚަބަރު

ޝާދިޔާއާއި، ޑރ. ޝަޒްރާގެ ފިރިންނަށް ގުޅައި، ވަރިކުރަން އެންގި ކަމަށް ދެ ކަނބަލުން ވިދާޅުވެއްޖެ! ވަރިކުރަން އެންގީ މުއިއްޒު އެދިގެން އަދި ހައްޔަރުކޮށް ޖަލަށް ލުމުން އެކަމަށް ތާޢީދު ކޮށް ސަލަފުގެ ގިނަ މެމްބަރުން ޓްވީޓް ކޮށްފައިވޭ!

ދިޔަވަރު
ޝާދިޔާއާއި، ޑރ. ޝަޒްރާގެ ފިރިންނަށް ގުޅައި، ވަރިކުރަން އެންގި ކަމަށް ދެ ކަނބަލުން ވިދާޅުވެއްޖެ! ވަރިކުރަން އެންގީ މުއިއްޒު އެދިގެން އަދި ހައްޔަރުކޮށް ޖަލަށް ލުމުން އެކަމަށް ތާޢީދު ކޮށް ސަލަފުގެ ގިނަ މެމްބަރުން ޓްވީޓް ކޮށްފައިވޭ!

މުއިއްޒު އަންގައިގެން ޝާދިޔާއާއި، ޑރ. ޝަޒްރާގެ ފިރިންނަށް ގުޅައި، ވަރިކުރަން އެންގި ކަމަށް އަދަދު ނޫހަށް ދިން އިންޓަވިއުގައި އެ ދެފަރާތުން ހާމަ ކޮށްފިއެވެ.

ޑރ. ޝަޒްރާއާއި، ޝާދިޔާ ވަރި ކުރުމަށް، އެމީހުންގެ ފިރިންނަށް ގުޅައި އަންގާފައިވަނީ މުއިއްޒު ބުނާހާ ގޮތަކަށް ދީނީ ފަތުވާ ބަދަލު ކުރާ މުއިއްޒުގެ ސަރުކާރުގެ ކޮން ދީނީ އިލްމުވެރިންތަކެއް ކަމެއް މި އިންޓަވިއު ގައި ހާމަ ކޮށްފައި ނުވެއެވެ.

ޑރ. ޝަޒްރާއާއި، ޝާދިޔާ ހައްޔަރު ކޮށްފައިވަނީ ފަަލަސްތީނުގެ ދިފާޢުގައި ބައެއް އެމްބަސީ ތަކުގެ ކުރިމަތީގައި ނުރުހުން ފާޅު ކުރުމުންނެވެ. މިއީ ޤާނޫނީ ގޮތުން ލިބިދީފައިވާ ހައްގެކެވެ. އަދި މުއިއްޒު ވަނީ އިންޑިޔާ އެމްބަސީ ކުރިމަތީ މީގެ ކުރިން މީހުން ފޮނުވައިގެން މުޒާހަރާ ކޮށްފައެވެ.

ޑރ. ޝަޒްރާއާއި، ޝާދިޔާއަކީ ކާފަރުން ކަމަށް ބުނެ، އަދި އެއީ އަބޫލަހަބުގެ އަންހެނުން ކަމަށް ބުނެ، ދޮގު ވާހަކަ ފަތުރަނީ ކަމަށް ބުނެ، އަރަބިއްޔާގެ ކުޑަ ކުދިންތަކަކާއި ބެހިފައިވާ ޒަމްޒަމް ފާރިޝް ސޯޝަލް މީޑިޔާގައި ލިޔެފައިވާއިރު، ޑރ. ޝަޒްރާއާއި، ޝާދިޔާ ހައްޔަރު ކޮށްގެން ރާއްޖޭގެ މަޝްހޫރު ސަލަފުގެ އިލްމުވެރިން އެކަމަށް ތާޢީދުކޮށް ޓްވީޓް ކޮށްފައިވެއެވެ. މި ގޮތަށް ޓްވީޓް ކުރުމަށް އަންގާފައިވަނީ ރައީސް އޮފީހުންނެވެ.

އިސްލާމީ އުއްމަތުގެ މުސްލިމުންގެ ހައްޤުގައި ތެދުވުމުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއީ ކުށެއް ކަމަށް ބަލައި، ބަޔަކު ޖަލަށް މިލީ މުއިއްޒުއެވެ. މިއީ އަނިޔާވެރި ފާފަވެރި އަމަލެކެވެ. އަދި ދެހަފްތާ ވަންދެން ޖަލުގައި ބާއްވައި ދުކޮށްލީ ބޮޑު މުޒާހަރާއެއް ރާވައިގެން ބާއްވަން އުޅޭތީ އެކަމާއި ބިރުންނެވެ.