ޚަބަރު

މުއިއްޒުގެ މަގުބޫލުކަން ގެއްލި 2028 އަށް ޕީއެންސީ އިން އެހެން ކެންޑިޑޭޓަކު ނުކުތުމުގެ ފުރުޞަތު ނުދިނުމަށް، މުއިއްޒުގެ ހުއްދަ ނެތި ޗީފް ގެސްޓުން ހަމަނުޖައްސަން މިނިސްޓަރުންނަށް އަމުރުކޮށްފި!

ދިޔަވަރު
މުއިއްޒުގެ މަގުބޫލުކަން ގެއްލި 2028 އަށް ޕީއެންސީ އިން އެހެން ކެންޑިޑޭޓަކު ނުކުތުމުގެ ފުރުޞަތު ނުދިނުމަށް، މުއިއްޒުގެ ހުއްދަ ނެތި ޗީފް ގެސްޓުން ހަމަނުޖައްސަން މިނިސްޓަރުންނަށް އަމުރުކޮށްފި!

އިވެންޓެއް ޝަރަފުވެރިކޮށް ދެއްވަން މިިނިސްޓަރުން ވަޑައިގަންނަވަން ވާނީ، އަދި މިނިސްޓްރީތަކުން ބާއްވާ އިވެންޓުތަކަށް ޝަރަފުވެރި މެހްމާނުން ހަމަޖައްސަވަން ޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ހޯއްދެވުމަށް ފަހުކަން ހުރިހާ މިނިސްޓަރުންނަށް ރައީސް އޮފީހުން އަންގައިފި އެވެ.

ބައެއް މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށް ދެއްވި ގޮތުގައި ރައީސް މުއިއްޒުގެ އެންގެވުމެއްގެ ގޮތުގައި އެކަން މިނިސްޓަރުންނަށް، ރައީސް އޮފީހުގެ މިިނިސްޓަރު އަލީ އާރިފު ސޮއި ކުރައްވައި އެންގެވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މި ގޮތަށް އަންގާފައިވަނީ، 2028 އަށް ޕީއެންސީ އިން އެހްނެ ކެންޑިޑޭޓަކު ނުކުތުމުގެ ފުރުޞަތު ބޮޑުވެ، މުއިއްޒަށް މަގުބޫލު ކަން ގެއްލިދާނެތީއެވެ. މަޖިލީސް ނައިބްރައީސް އަށް ޕީއެންސީ ތެރޭގައި މަގުބޫލު ކަން އޮތް އިރު، ދާދި ފަހުން ދިޔަވަރުން ނެގި ޕޮލްއަކުން ދައްކަނީ މުއިއްޒަށް ވުރެ އަލީ އިހްސާން އަށް 2028 އަށް ތާޢީދު އޮތްކަމެވެ.

ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ވަޑައިގަތުމަށް މިނިސްޓަރަކަށް ލިބިވަޑައިގަންނަވާ ދައުވަތު ގަބޫލު ކުރައްވަން ވާނީ ރައީސް އޮފީހަށް އެކަން ލިޔުމުން ހުށަހަޅައި ހުއްދަ ލިބުމަށް ފަހު ކަމަށާއި އަދި މިނިސްޓްރީތަކުން ބާއްވާ އިވެންޓުތަކަށް ޝަރަފުވެރި މެހްމާނުން ހަމަޖެއްސުމުގެ ކުރިން ރައީސް އޮފީހަށް މިހާރު ލިޔަން ޖެހޭ ކަމަށް މަސްދަރުތަކުން ވިދާޅުވި އެވެ.

އެ ހުއްދައަށް އެދެންޖެހޭނީ އިވެންޓު ބޭއްވުމުގެ ހަތް ދުވަސް ކުރިންނެވެ.

ދިޔަވަރު ނޫހަށް އެނގިފައިވާ ގޮތުގައި ބައެއް އިވެންޓުތަކަށް ހަމަޖެއްސި ޗީފް ގެސްޓުން، ރައީސް އޮފީހުން ބަދަލުކޮށްފައިވެ އެވެ. އަދި ބައެއް އިވެންޓްތަކަށް މުއިއްޒު ބޭނުންވެގެން ގޮސްފައިވެއެވެ.