ޚަބަރު

ޝަމްނާޒް ވަރިކުރަން ރަމީޒަށް އެންގީވެސް މުއިއްޒު، ޑރ. ޝަޒްރާއާއި، ޝާދިޔާ ވަރިކޮށް ދިނުމަށް އެދުނީ މުއިއްޒުގެ ވަޒީރެއް

ދިޔަވަރު
ޝަމްނާޒް ވަރިކުރަން ރަމީޒަށް އެންގީވެސް މުއިއްޒު، ޑރ. ޝަޒްރާއާއި، ޝާދިޔާ ވަރިކޮށް ދިނުމަށް އެދުނީ މުއިއްޒުގެ ވަޒީރެއް

ސިހުރު ހެދި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށް، ހައްޔަރުކޮށް ޖަލަށް ލުމަށްފަހު މިހާރު ދޫކޮށްފައިވާ ޝަމްނާޒް ވަރިކުރުމަށް އޭނާގެ ފިރިމީހާ އަށް އަންގާފައިވަނީ އޭރު މުއިއްޒެވެ. ރަމީޒު އޭނާގެ ވަފާތެރިކަން މުއިއްޒަށް ހުރިވަރު ޔަގީން ކޮށް ދިނުމަށް ޝަމްނާޒް ވަރި ކުރިއެވެ. ނަމަވެސް އޭރުވެސް ބަލަމުން ދިޔައީ ޝަމްނާޒު އަދި ރަމީޒު ވެސް ޖަލަށް ލެވޭނެ ގޮތެއް ހޯދުމަށެވެ. އެންމެ ފަހުން، ޝަމްނާޒު އަށް ސިހުރުގެ ތުހުމަތުކޮށް ޖަލަށް ލިޔެވެ.

އޭގެ ފަހުން އަނެއްކާވެސް މި ސަރުކާރުން ހައްޔަރުކޮށް ޖަލަށް ލާފައި ވަނީ، ދެ އަންހެން ކަނބަލުންނެވެ. އެއީ ފަލަސްތީނުގެ ހައްޤުގައި ބަސްބުނެގެން ޑރ. ޝަޒަރާއާއި، ޝާދިޔާ އެވެ. މި ދެކަނބަލުން ޖަލަށް ލައި، ޖަލުގައި 14 ދުވަސް ބޭއްވުމަށް ފަހު ދޫކޮށްލީ ބޮޑު މުޒާހަރާއެއް ކުރުމަށް ރައްޔިތުން ތައްޔާރުވުމުންނެވެ. މި ދެކަނބަލުން ވަރިކުރުމަށް މުއިއްޒުގެ ކެބިނެޓް މިނިސްޓަރަކު އެމީހުންގެ ފިރިންނަށް ގުޅާފައިވެއެވެ. ކެބިނެޓް މިނިސްޓަރަކު މިވަރު ކަމެއް މުއިއްޒުގެ އަމުރަށް ނޫނީ ކުރާނެ ކަމަކަށް ނުބެލެވެއެވެ.

މީހުންގެ އަނބިން ހައްޔަރުކޮށް، އެމީހުންގެ ފިރިންނަށް ގުޅައި، ނުވަތަ މީހުންގެ އަނބިން ހައްޔަރު ކުރާނެ ކަމުގެ އިންޒާރުދީ، ވަރިކުރުވަން ބުނުމަކީ އިސްލާމީ ވެރިއެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫނެވެ. ވަރި އަކީ ޝައިތާނާގެ އަރިހުގައި ވަރަށް އެދެވިގެންވާ ކަމެއްކަން ރަސޫލާގެ ހަދީސުން ސާބިތުވެއެވެ.

ސައްޔިދުނާ ޖާބިރު (ރަޟިޔަﷲ ތަޢާލާ ޢަންހު) ރިވާކުރެއްވިއެވެ: ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން، ޝައިޠާނާ އޭނާގެ ގޮނޑި ފެނުގެ މަތީގައި ބަހައްޓައެވެ. އަދި އޭނާ އޭނާގެ ލަޝްކަރުތައް ފޮނުވައެވެ. އޭނާއާ އެންމެ ގާތް މަޤާމުގައި ތިބޭ މީހުންނަކީ އެންމެ ބޮޑެތި ފިތުނަ އުފައްދާ މީހުންނެވެ. އޭގެތެރެއިން އެކަކު ބުނެއެވެ: އަހަރެން މިވެނި އަދި މިވެނި ކަމެއް ކުރީމެވެ. ޝައިޠާނާ ބުނެއެވެ: ކަލޭ އެއްވެސް ކަމެއް ނުކުރެއެވެ. އަނެއް މީހަކު ބުނެއެވެ: އަހަރެން މި މީހާ އޭނާގެ އަނބިމީހާއާ ވަކިކޮށްލެވެންދެން އޭނާ ދޫކޮށްނުލަމެވެ. ޝައިޠާނާ އޭނާ ބައްދައިލައި ބުނެއެވެ: ކަލޭ ވަރަށް ރަނގަޅަށް ކަންތައް ކޮށްފީމުއެވެ." (ޞަޙީޙް މުސްލިމް، 2813 - 67)

އާއިލާތައް ވަކިކޮށް، ދެމެފިރިން ވަރި ކުރުވަން މަސައްކަތް ކުރުމަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ ކަމެއްކެވެ. ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ވަޒީރުން މިފަދަ ފާފަވެރި އަމަލުތައް ހިންގަމުންދާއިރު، އަންހެން ކަނބަލުން ހައްޔަރު ކުރުމުން އެކަމަށް އެއްބާރުލުން ދީ ސަލަފުގެ އިސް ފަރާތްތައް ޓްވީޓް ކޮށްފައިވެއެވެ.