ޚަބަރު

ލައިސަންސް ކާޑު ޕްރިންޓް ކުރުން ސަރުކާރުން ހުއްޓާލާފައި އޮތުމަށްފަހު، ސަރުކާރުން ދޫކުރާ ޑިޖިޓަލް ލައިސަންސް ފުލުހުން ބަލައި ނުގަންނަން ފަށައިފި

ދިޔަވަރު
ލައިސަންސް ކާޑު ޕްރިންޓް ކުރުން ސަރުކާރުން ހުއްޓާލާފައި އޮތުމަށްފަހު، ސަރުކާރުން ދޫކުރާ ޑިޖިޓަލް ލައިސަންސް ފުލުހުން ބަލައި ނުގަންނަން ފަށައިފި

ލައިސަންސް ކާޑު ޕްރިންޓް ކޮށް ދިނުން ސަރުކާރުން ހުއްޓާލާފައި އޮތުމަށްފަހު، ސަރުކާރުން ދޫކުރާ ޑިޖިޓަލް ލައިސަންސް ފުލުހުން ބަލައި ނުގަންނަން ފަށައިފިއެވެ. ކުރީ ސަރުކާރުން ވަނީ، ލައިސަންސް ކާޑު ޕްރިންޓް ކޮށް ދޫކުރުން ހުއްޓާލާފައެވެ. އަދި މި ސަރުކާރުންވެސް ގެންދަނީ އެ އުސޫލު ދަމަހައްޓަމުންނެވެ.

ފުލުހުންވެސް ދިޔައީ ޑިޖިޓަލްކާޑު ބަލައިގަންނަމުންނެވެ. މަގުމަތިން ހުއްޓުވުމަށް ފަހު، ޑިޖިޓަލް ކާޑު ދެއްކުމުން އެމީހެއްގެ އަތުގައި ލައިސަންސް އޮތް ކަމަށް ބަލައެވެ. އަދި ފުލުހުންނަށް އެމީހުންގެ ސިސްޓަމްތަކުން އެ ލައިސަންސްގެ ޔަގީންކަން ކަށަވަރު ކޮށްލެވެއެވެ.

https://twitter.com/riyazmansoor/status/1833001997592875212?
މި މައްސަލާގައި ރައްޔިތަކު ފުލުހުންނާއި ސުވާލުކޮށް ކޮށްފައިވާ ޓްވީޓްއެއް

ނަމަވެސް މިފަހުން ފުލުހުން، ޑިޖިޓަލް ލައިސަންސް ބަލައި ނުގަންނަ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް ލައިސަންސް ނެތް ކަމަށް ބަލައި، އެ ފަރާތްތައް ޖޫރީމަނާ ކުރަމުން ދާކަމެއް މިލިޔުން ލިޔުނު އިރު ސާފުވެފައި ނުވެއެވެ.

އިލެކްޓްރޯނިކް މުއާމަލާތްތައްކާއި ބެހޭ ޤާނޫނު ކުރީ ސަރުކާރުން ފާސް ކޮށްފައިވާ އިރު، އެއިން އެލެކްޓްރިކް ލިޔެކިޔުންތައް ބަލައިގަތުމުގެ ގާނޫނީ ހައިސިއްޔަތު ފުލުހުންނަށް ލިބިގެންވާއިރު، މި ސަރުކާރުން ދަނީ ހުރިހާ ކަމެއްގައިވެސް ފަހަތަށް ފިޔަވަޅު އަޅަމުންނެވެ.