ޚަބަރު

ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީ އަދި 1 މިލިއަން ވަޒީފާގެ ފުރުސަތު ދިނުމަށް ޝީ ޖިންޕިންގ ބުރާސްފަތީގައި ނިންމެވި އިރު، ރާއްޖެއަށް ލޯ ލާރިއެއްވެސް ހަމަ ނުޖެހުނު

ދިޔަވަރު
ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީ އަދި 1 މިލިއަން ވަޒީފާގެ ފުރުސަތު ދިނުމަށް ޝީ ޖިންޕިންގ ބުރާސްފަތީގައި ނިންމެވި އިރު، ރާއްޖެއަށް ލޯ ލާރިއެއްވެސް ހަމަ ނުޖެހުނު

ބެއިޖިންގ، 5 ސެޕްޓެމްބަރު (ރޮއިޓަރސް) - ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީ އަދި 1 މިލިއަން ވަޒީފާގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ އެފްރިކާގެ ގައުމުތަކަށް ދޭ އެހީތެރިކަން އިތުރު ކުރުމަށް އިއުލާނުކޮށްފައެވެ. މިގޮތުން އަންނަ ތިން އަހަރުގެ ތެރޭގައި 51 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށާއި، އިތުރު އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް އެހީތެރިވުމަށާއި، މަދުވެގެން 1 މިލިއަން ވަޒީފާގެ ފުރުސަތު ހުޅުވައިލުމަށް ވަނީ ވައުދުވެފައެވެ.

މިއީ ޗައިނާ-އެފްރިކާ އެއްބާރުލުމުގެ ފޯރަމްގައި ރައީސް ޝީ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންތައްތަކެވެ. މި ފޯރަމްގައި 50 އަށްވުރެ ގިނަ އެފްރިކާ ގައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.ދުނިޔޭގެ އެންމެ ބޮޑު ދަރަނި ދޫކުރާ ފަރާތް ކަމަށްވާ ޗައިނާއިން މިފަހަރު ވަނީ ކުރީގެ އެހީތަކަށްވުރެ ތިން ގުނަ ބޮޑު އެހީއެއް ދިނުމަށް ވައުދުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 360 ބިލިއަން ޔުއާން (50.70 ބިލިއަން ޑޮލަރު) ގެ މާލީ އެހީއެކެވެ. މީގެ ތެރެއިން 210 ބިލިއަން ޔުއާން ދޫކުރެވޭނީ ލޯނުގެ ގޮތުގައެވެ. އަދި މަދުވެގެން 70 ބިލިއަން ޔުއާން ދޫކުރެވޭނީ އިންވެސްޓްމަންޓްގެ ގޮތުގައެވެ.

މީގެ އިތުރުން ޗައިނާގެ ކުންފުނިތަކުން އެފްރިކާގައި އިންވެސްޓްކުރުމަށާއި، ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރުމަށް ރައީސް ޝީ ވަނީ ގޮވާލައްވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާއިރު، ރާއްޖެ އޮތީ އިޤްތިޞާދީ އަދި މާލީ ގޮތުން ދަތި ހާލަތެއްގައެވެ. މުއިއްޒަށް ރާއްޖެއަށް ޗައިނާގެ ފަރާތުން ލޯލާރިއެއްވެސް ހަމަ ނުޖެހުމަކީ މުއިއްޒުގެ ޚާރިޖީ ސިޔާސަތާއި، މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި މުއިއްޒުގެ ނާގާބިލުކަން ދައްކުވައިދޭ ކަމެކެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޭރު ގައުމަކުން އޭނާއަށް ފައިސާ ލިބޭނެ ކަމުގެ ގްރީން ސިގްނަލް ލިބިގެން ކަމަށް ވިދާޅުވެއެވެ. އޭރު އިނދިކޮޅު ޕީޕީއެމް އާއި ގުޅުން އޮތް ހަމަ އެކަނި ޤައުމަކީ ޗައިނާކަމުން މި ގްރީން ސިގްނަލް ލިބުނީ ޗައިނާއިން ކަމަށް މާނަ ދޭހަވާގޮތަށް މުއިއްޒު ދޮގު ހައްދަވައިގެން ކެމްޕެއިންގައި ވާހަކަ ދެއްކުމަށް ފަހު، ރާއްޖެއަށް ބޭނުންވާ އެއްވެސް އެހީއެއް ވަނީ ބޭރުން ނުހޯދިފައެވެ.