ރައީސް މުއިއްޒު ގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަށްޓެހި ރަހުމަތްތެރިންނާއި ގާތްތިމާގެ އާއިލީ މީހުން ގޮވައިގެން ކޮންމެ ދުވަހަކު ހަވީރު އާރަށް ގޮސް, އެރަށުގެ ހުރުމަތް ކަނޑާ, ޕާޓީކޮށް, "ނާޗަރަންގީ" ކުޅުމަށް އާރަށް ބޭނުން ކުރަމުންދާކަމުގެ މައުލޫމާތު ލިބިއެއްޖެއެވެ.
އާ ރަށަކީ ރާއްޖޭގަ އެވަގުތަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ދައުލަތުން ޚާއްސަ ކޮށްފަ އޮންނަ ރަށެކެވެ. އެއީ ރައީސްގެ އަމިއްލަފުޅު އާއިލާ އެރަށުގައި ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް, ދައުލަތުގެ ޚަރަދުގައި ހަދާ, އަދި އޭގެ އިތުރުން ދައުލަތުން ޚަރަދު ކޮށްގެން ބަލަހައްޓަމުންވެސް އަންނަ ރަށެކެވެ. އާރަށުގައި ތިބޭ މުވައްޒަފުންނަކީ ދައުލަތުގެ މާލިއްޔަތުން މުސާރަ ދީފައި ތިބޭ ބައެކެވެ.
"ދިވަޔަރު އޮންލައިން" އަށް އާރަށުގެ ބައެއް މުވަޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް ހަވީރު 4:30 ގައި, އެކީގައި ކުޅި ސަމާސާކޮށް, ކުޅިވަރު ކުޅެ އުޅޭ އަންހެން ގުރޫޕްތައް ގޮވައިގެން ސާޖިދާ އާރަށް ދެއެވެ. އަދި ސާޖިދާގެ ރައްޓެހި ރަހުމަތްތެރިން އާ ރަށުގައި ޕާޓީކޮށް, ރޭކޮށް ހެދުން މިހާރު އާންމު ކަމަކަށް ވެފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ ސާޖިދާގެ ރައްޓެހި ރަހުމަތްތެރިންގެ އިތުރުން އޭނާގެ އާއިލާގެ އެތައް ބަޔަކުވެސް ކޮންމެ ދުވަހަކުވެސް އާރަށަށް ދާ ކަމަށާއި, އެފަރާތްތަކުގެ ކެއުމާއި ބުއިމާ އަދި އެނޫން ހުރިހާ ޚަރަދެއްވެސް ހަމަޖައްސަމުން ދަނީ ދައުލަތުގެ މާލިއްޔަތުން ކަމުގައެވެ. މިއީ ރަށުގެ މުވައްޒަފުންނަށްވެސް ވަރަށް ބޮޑު އުދަގުލަކަށް ވެގެން ގޮސްފައިވާ ކަމެއްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި ފަރާތްތަކުން އާ ރަށުގައި ޕާޓީ ކުރަމުންދާކަމަށް ވިދާޅުވަމުން އޮފިޝަލް ވިދާޅުވީ, މިއީ މީގެ ކުރީގެ އެއްވެސް ވެރިއަކު އެރަށުގެ ބޭނުން ކޮށްފައިވާ ގޮތެއް ނޫންކަމުގައެވެ. އަދި ވަކީން ޚާއްސަކޮށް ކުރީގެ އެއްވެސް ރައީސެއްގެ އަނބިކަބަލުން, މި އުސޫލުން އެއްވެސް ހަމައެއް ލަމައެއް ނެތި "ނާޗަރަންގީ" ކުޅުމަށް މިރަށުގެ ބޭނުން ކޮށްފައިނުވާކަމަށްވެސް އާރަށުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މީގެ ކުރީގެ ރައީސުން އާރަށް ބޭނުން ކޮށްފައިވަނީ އަމިއްލަ އާއިލާގެ ޗުއްޓީތަކަށް އެކަނިކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އާރަށަކީ ދައުލަތުގެ ޚަރަދުގައި ހަދާ, މަރާމާތުކޮށް އަދި ބަލަހައްޓަމުންދާ ރަށަކަށް ވުމާއެކު, މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ އަމިއްލަ ހިތްހަމަޖެހުމަށް, ރައްޓެރި ހަރުމަތްތެރިންނާއި އަދި ދުރުތާ ދިމާގެ އާއިލީ މީހުން ގޮވައިގެން އެ ރަށުގައި ނާޗަރަންގީ ކުޅެމުން ދިއުމަކީ, ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ބޭނުންކޮށް, ހިންގަމުންދާ ކޮރަޕްޝަންގެ އަމަލަކަށް މެނުވީ ނުވާނެއެވެ.