ޚަބަރު

ދިމްޔާތުން މުސާރަ ދޭ ގޮތަށް ޝިއުނާއާއި، މަލްޝާ އިސްތިއުފާ ދީފި

ދިޔަވަރު
ދިމްޔާތުން މުސާރަ ދޭ ގޮތަށް ޝިއުނާއާއި، މަލްޝާ އިސްތިއުފާ ދީފި

ދިމްޔާތުން މުސާރަ ދޭ ގޮތަށް ސަސްޕެންޝަންގައި ތިބި ޝިއުނާއާއި، މަލްޝާ އިސްތިއުފާ ދީފިއެވެ.

އެ ދެ މީހުން މަގާމުން އިސްތިއުފާ ދީފައި ވަނީ މިއަދުއެވެ.

މިނިސްޓަރު ކަމުގައި ތިބެ ގައުމެއްގެ ވެރިއަކަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔުމުންވެސް މިހާ ދުވަހު މުއިއްޒު އެމީހުން ބަހައްޓާފައިވަނީ، މުއިއްޒު އާއި އެކު ގާތް ގުޅުންތަކެއް ޝިއުނާއާއި އެކު އުފެދިފައިވާތީ ކަމަށް ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި މުއިއްޒު ޝިއުނާއަށް ހާއްސަ ނަޒަރަކުން ބަލަހައްޓައިގެން ހުންނަ ފޮޓޯއެއްވެސް ވަނީ މީސް މީޑިޔާއަށް ލީކުވެފައެވެ.

މި ދެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު އިންޑިއާ އިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ އެކު ސޯޝަލް މީޑިއާގައި ކުރި ޓްވީޓުތަކެއްގެ މައްސަލައިގައެވެ. އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން މޯދީ އަށް އިހްތިރާމް ކުޑަކޮށް، އެ މީހުން ވަނީ ފާޑުކިޔާފައެވެ.

ޝިއުނާ އާއި މަލްޝާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް ވެސް ހުރީ މުސާރަ ހިނގާ ގޮތަށް މަގާމުން ސަސްޕެންޑު ކޮށްފައެވެ.