ސްޕޯޓްސް މިނިސްޓްރީއަށް ނަގާފައިވާ 190 ސިޔާސީ މީހުންނަކީ ނާގާބިލު ކަމެއް ކުރަން ނުދަންނަ ބައެއް ކަމަށް ދޭހަވާހެން ސްޕޯޓްސް މިނިސްޓަރ ވާހަކަފުޅު ދައްކަވައިފިއެވެ.
އެމަނިކުފާނު މި މޭރަމުން ތެދު ބަހުން ވާހަކަ ދައްކާފައިވަނީ މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފެރަންސްގައި، އެ މިނިސްޓްރީ ގައި ތިބި ސިޔާސީ މީހުން ގިނަވެގެން ކުރި ސުވާލަކާއި ގުޅިގެންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން، އޭނާ ޕްރެސް ކޮންފެރަންސްގައި ވިދާޅުވީ
އަޅުގަނޑުމެންގެ އިންޓަރނަލް ޓްރެއިނިންގ ޕްރޮގްރާމް މިހާރު ކުރިއަށް އެބަދޭ. އަދި އެ ދިޔުމަށް ފަހުގައި، ދެން އެބޭފުޅުންގެ ބޭނުން ހިފޭނެ ކަމަށްވެސް ގަބޫލު ކުރަން!
ކަމަށެވެ. "ދެން" އެބޭފުޅުންގެ ބޭނުން ހިފޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅު ވުމުން، އެ ހާމަ ކުރެވުނީ މުއިއްޒު އެ މިނިސްޓްރީ އަށް އައްޔަންކޮށްފައި ތިބި ސިޔާސީ މީހުންނަކީ، މިހާރު ބޭނުން ހިފޭ ބައެއް ނޫންކަމެވެ.
މި މޭރުމުން ސްޕޯޓްސް މިނިސްޓަރ ވާހަކަ ދައްކަވާފައި ވާއިރު، މި އަހަރު މިހާތަނަށް ކުޅިވަރުގެ އެއްވެސް ކަމަކަށް އެދެވޭ ބަދަލެއް އައިސްފައި ނުވެއެވެ. އަދި އެ މިނިސްޓްރީ ގައި ތިބި ގިނަ ފަރާތްތަކަކީ އެއްވެސް މަސައްކަތެއް ކުރާ ބައެއްވެސް ނޫނެވެ.
ޓްރެއިނިން ދޭން ޖެހޭ ވަރުގެ ފެންވަރު ދަށް 195 މީހަކު މިނިސްޓްރީއަކަށް އައްޔަން ކުރުމަކީ ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މުއިއްޒު ކޮށްފައިވާ ކަމެކެވެ. އަދި އެމީހުންނަށް ދެމުންދާ މުސާރައަކީ ރާއްޖޭގެ ތަރައްޤީ އާއި ކުރި އަރުމަށް ކުރަންހުރި މަސައްކަތް ހުއްޓާލާފައި ޓްކެސް ފައިސާއިން ދޭ ފައިސާއެވެ. ނާގާބިލު ވެރިއަކަށް ގާބިލު ބަޔަކު މަގާމުތަކަށް އައްޔަން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.