ޚަބަރު

މަލްޝާ އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ހަމަ ޖައްސަވަން މުއިއްޒު ނިންމަވައިފި

ދިޔަވަރު
މަލްޝާ އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ހަމަ ޖައްސަވަން މުއިއްޒު ނިންމަވައިފި

މަލްޝާއަށް އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު މުއިއްޒު ހަމަ ޖައްސަވަވަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މިއީ މީގެ ކުރިން ކުރިން ހުރި ޑެޕިއުޓީ މިނިސްޓަރގެ ލެވެލްގެ މުސާރަ ލިބޭ އެ ލެވެލްގެ މަގާމެކެވެ.

މަލްޝާއަށް އެޗްޑީސީ އިން ބޮޑު މަގާމެއް 35،000ރ އާއި 40،0000ރ އާއި ދެމެދުގެ އަދަދެއް ލިބޭ ގޮތަށް މުއިއްޒު ހަމަޖައްސާފައި ވާއިރު، އިންޑިޔާގެ ބޮޑުވަޒީރަށް އަދަބު ކުޑަކޮށް އެއްޗެހި ގޮވުމުގެ މައްސަލާގައި ވަނީ ސަސްޕެންޑް ކޮށްފައެވެ.

މަލްޝާއަކީ އާންމު ދިރިއުޅުމުގައި އަދި، ސޯޝަލް މީޑިޔާގައިވެސް އަޚްލާގުދަށް އަދި ސިޔާސީ ގޮތުން ސަރުކާރެއް ތަމްސީލު ކުރުމަށް އެކަށީގެންވާ ވަރުގެ މީހެއް ކަމަށް ގިނަ ރައްޔިތުންނެއް ގަބޫލު ނުކުރާ މީހެކެވެ.

މަލްޝާ އޭނާގެ އުރަމަތި އެއް ކިލޯގެ ކޭކަކަށް ދައްކާނެ ކަމަށް ބުނެ، އިންޑިޔާގެ ކުދިންތަކަކާއި އެކީ މަޖަލަކަށް ނަގާފައިވާ ވީޑިޔޯއެއްވެސް ސޯޝަލްމީޑިޔާއަށް މީގެ ކުރިން ލީކްވެފައި ވެފައިވެއެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް ހުރެ, ބޭރުގެ ވެރިއަކަށް ހުތުރު ބަހުން އެއްޗެހި ކިޔުމުން، ވަކި ނުކޮށް، އިސްތިއުފާ ދިނުވުމަށްފަހު، އެހެން ބޮޑު އެފަދަ މަގާމެއް ދިނުމަކީ މުއިއްޒު، ބައިނަލްއަގުވާމީ ގުޅުންތައް އިޚްތިރާމް ނުކުރާކަށް ދައްކުވައިދޭ ކަމެކެވެ.