ޚަބަރު

މާރިޔާ ދޮގު ހެދި ކަމަށް ބުނެ، އަޒާނު ދިޔަރެސް ނޫހުގައި ދޮގު ޚަބަރެއް ޖަހައިފި! ދިޔަރެސް ނޫހަކީ ދޮގު ޚަބަރު ފެތުރުމަށް މުއިއްޒު ޚަރަދުކޮށްގެން ހިންގާ ނޫހެއް!

ދިޔަވަރު
މާރިޔާ ދޮގު ހެދި ކަމަށް ބުނެ، އަޒާނު ދިޔަރެސް ނޫހުގައި ދޮގު ޚަބަރެއް ޖަހައިފި! ދިޔަރެސް ނޫހަކީ ދޮގު ޚަބަރު ފެތުރުމަށް މުއިއްޒު ޚަރަދުކޮށްގެން ހިންގާ ނޫހެއް!

މާރިޔާ ދޮގު ހެދި ކަމަށް ބުނެ، ދިޔަރެސް ނޫހުން ދޮގު ޚަބަރެއް ޝާއިޢު ކޮށްފިއެވެ. މި ނޫހުން ދަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ވަކި ބަޔަކަށް އަމާޒުކޮށް، ދޮގު ޚަބަރު ފަތުރަމުންނެވެ.

ރާއްޖޭގައި ދޮގު ޚަބަރު ފެތުރުމުގައި މަޝްހޫރުވެފައިވާ ދިޔަރެސް ނޫހަކީ، މިހާރު ހުރި ރައީސް މުއިއްޒު އެ ނޫހަށް އެތައް ގުނައަކުން ޚަރަދު ކޮށްގެން ހިންގާ ނޫހެކެވެ. އަދި މުއިއްޒު ދަނީ ރާއްޖޭ އާއި އިންޑިޔާއާއި ދެކޮޅުވެރިކަަން އުފެއްދުމަށް މަސައްކަތް ކުރި އަޒާނު އާއި ނުހަނު ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

އަޒާން ދަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ވަކި ބަޔަކާއި ޒާތީ ގޮތުން ދިމާކޮށް، އަދި އެމްޑީޕީ ލީޑަރޝިޕުގެ ވަކި ބަޔަކާއި މެދު ނަފްރަތު އުފެއްދުމަށް ފާއިތުވި 4 އަހަރު ކަނޑައެޅިގެން ދޮގު މައުލޫމާތު އުފައްދަމުންނެވެ. މިއަދު މިކަމަށް ފަންޑުކޮށް، އެހީތެރި ވެދެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުއިއްޒެވެ.

މިއީ ދިޔަރެސް ނޫހުގައި މާރިޔާ ދޮގު ހެދި ކަމަށް ބުނެ، ޖަހާފައިވާ ހެޑްލައިންގެ ދަށުން، ހަވަރުބެރު ޕެނެލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ އަތުހަރުގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށް އިހުސާން ވިދާޅުވި ކަމަށް ބުނެ ދޮގު ހަދާފައި ކަމަށް ލިޔެފައި ވެއެވެ.

ހަވަރުބެރު ޕެނެލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ އަތުހަރުގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށް އިހުސާން ވިދާޅުވި ކަމަށް ބުނެ ހަގީގަތް އޮޅުވައިލުމަށް ދޮގު ވާހަކަ ދައްކާފައެވެ.

ނަމަވެސް ދިޔެރެސްގައި މި ލިޔެފައިވާ ގޮތަަކަށް މާރިޔާ ވިދާޅުވެފައި ނުވެއެވެ.

މާރިޔާގެ ވާހަކަ ފުޅުގައި އަމާޒުކޮށްފައިވަނީ، ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ ތަހުގީގެއް ނުހިނގާކަމަށް ހޯމް މިނިސްޓަރ އިހްސާން ކުރި ޓްވީޓުގައި އެގޮތަށް ވިދާޅުވި ވިދާޅުވުމަށެވެ. ނަމަވެސް މިކަން އޮޅުވާލައި، މާރިޔާ ނުދައްކާވާހަކަ އެއް ދެއްކި ކަމަށް ބުނެ، މަޖިލީސް މެމްބަރު ވަނީ އޭނާގެ ނޫހުގައި މާރިޔާ އާއި ދެކޮޅަށް ލިޔެފައެވެ.

ބަޔަކު އަތުން ފައިސާ ނަގައިގެން އަޒާން ވަނީ މާރިޔާއާއި، އޭނާގެ އާއިލާއާއި ބެހޭ ގޮތުން އެކި ފަހަރަު މަތިން ކަނޑައެޅިގެން ދޮގު ޚަބަރު ފަތުރައި، އަބުރު ކަތިލާފައެވެ.