އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މީސް މީޑިޔާގައި އަދި މީޑިޔާތަކުގައި އާންމުވި އެންމެންނަށް ޝޮަކަކަށްވީ ޚަބަރަކީ ރާއްޖޭގެ އާންމު ރައްޔިތުން ދިރިއުޅޭ ރަށެއްގެ އާންމު ތަންތާގައި، އޮރިޔާން ކާޑު ކުޅެ، ބޭރުގެ ބަޔަކު އާންމު ކުރި ވާހަކައެކެވެ.
މިއީ އިސްލާމީ ވެރިކަމަކުން ބަލަހައްޓަމުންދާ ސަރުކާރެއް ފެއިލްވެފައިވާ މިންވަރު ހާމަ ވެގެން ދިޔަކަމެކެވެ.
އއ. ރަސްދޫއަކީ ސަލާމަތީ ޚިދުމަތްތައް ގާއިމު ކުރެވިފައިވާ ރަށަކަށް ވާއިރު، އަދި ސަތޭކަ އިންސައްތަ މުސްލިމުން ދިރިއުޅޭ ތަނަކަށް ވާއިރު، މިފަދަ އަމަލެއް ރާވައި ހިންގައި، އާންމު ކުރާއިރު އެކަން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ނޭނގި އަދި ނުހުއްޓުވި އޮތް އޮތުމަކީ އިސްލާމީ ޤައުމެއްގައި މިކަން އޮވެގެން ވާނެ ގޮތެއް ނޫނެވެ.
އަދި ދީނީ އިލްމު ވެރިން މިކަމާއި މެދު ބަހެއް ނުބުނެ، މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުޑަމިނުން ސަރުކާރަށް ގޮވާލާފައި ނުވާ ކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.