ޚަބަރު

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ހިމެނޭހެން ސަރުކާރުގެ %65 ހޯމް މިނިސްޓްރީ ދަށަށް ބަދަލު ކޮށްފި! ގިނަ މިނިސްޓަރުންނަށް އިތުބާރު ނުކުރާތީ ސަރުކާރުގެ ބާރުތައް ދަނީ ހޯމް މިނިސްޓްރީ އާއި ހަވާލު ކުރަމުން

ދިޔަވަރު
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ހިމެނޭހެން ސަރުކާރުގެ %65 ހޯމް މިނިސްޓްރީ ދަށަށް ބަދަލު ކޮށްފި! ގިނަ މިނިސްޓަރުންނަށް އިތުބާރު ނުކުރާތީ ސަރުކާރުގެ ބާރުތައް ދަނީ ހޯމް މިނިސްޓްރީ އާއި ހަވާލު ކުރަމުން

ހުވާ ކުރެއްވިތާ އަހަރު ދުވަސް ވާން ކައިރިވެފައި ވަނިކޮށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފިއެވެ. ކޮމިއުނިކޭޝަން އޮތީރިޓީ ހޯމް މިނިސްޓްރީ ދަށަށް ބަދަލު ވުމާއި އެކު، ސަރުކާރުގެ ގާތްގަނޑަކަށް %65 ހޯމް މިނިސްޓްރީ ދަށަށް ބަދަލު ކޮށްލެވުނީއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޓްރޭޑް ނެޓްވެސް ވަނީ މިނިސްޓަރ ސައީދުގެ އަތްދަށުން ނަގައި، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން، އެންއައިސީޓިވެސް ވަނީ މިހާރު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މިއީ ސަރުކާރުން ނިންމި ނުރައްކާތެރި ނިންމުމެކެވެ.

ދިޔަވަރު އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް ފަރާތެއް ހާމަ ކުރި ގޮތުގައި، މުއިއްޒު ކެބިނެޓުގެ ގިނަ ވަޒީރުންނަށާއި، މަޖިލީހުގެ %95 މެމްބަރުންނަށް އިތުބާރު ނުކުރައްވައެވެ. އަދި މި ފެންނަމުންދަނީ އެކަމުގެ ހެކި ކަމަށާއި، މުޅި ސަރުކާރުގެ %65 އެއް މިނިސްޓްރީއަކަށް ފުނި ޖަހާނީ ވެރި މީހާ ނަފްސާނީ ގޮތުން ބޮޑު ބައްޔެއް ޖެހިފައި ވެރިކަން ވެއްޓިދާނެ ކަމަށް ބިރުގަނެފައިވާލެއް ބޮޑު ކަމުން ކަމަށް އޭނާ ހާމަ ކުރިއެވެ.

މުއިއްޒު އަށް ވާނަމަ، ޑިފެންސް މިނިސްޓްރީވެސް ހޯމް މިނިސްޓްރީ ދަށަށް ބަދަލު ކުރައްވާނެ ކަމަށާއި، ނަމަވެސް ބައިނަލްއަގްވާމީ ދުނިޔެއިން ކުރިމަތި ވެދާނެ ޕްރެޝަރަށްޓަކައި އެކަން ނުކުރައްވަނީ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އަށް މުއިއްޒު ފުރިހަމަ އަށް އިތުބާރު ކުރައްވައެވެ. ނަމަވެސް ނައިބްރައީސް އަށާއި، ކެބިނެޓުގެ ގިނަ ވަޒީރުންނަކަށް އެއްވެސް އިތުބާރެއް ނުކުރައްވައެވެ.