ޚަބަރު

މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރިތާ އެއްމަސް ފަހުން ރާއްޖޭގައި އެބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ދިޔަވަރު
މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރިތާ އެއްމަސް ފަހުން ރާއްޖޭގައި އެބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކުރިތާ އެއްމަސް ފަހުން ރާއްޖޭގައި އެބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޑަބްލިޔު އެޗްއޯ އިން މިއަދު ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.

މި ތަކެއްޗާއި މިނިސްޓްރީގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. ޑަބްލިޔުއެޗްއޯ ގެ ފަރާތުން މި ޓެސްޓް ކިޓްތައް ޙަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރ ޑރ.ޕަޑްމަލް ޑި ސިލްވަރ އެވެ.

އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ އެވެ.

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ.

މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

މަކުނު ވިދުރި ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފެށުމަށްފަހު, އެބަލީގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ކުރިމަތިވެގެން ދިޔައިރުވެސް, ސަރުކާރު އޮތީ މި ނުރައްކާތެރި ބައްޔަށް ދެލޯ މަރާލައިގެންނެވެ. އަދި ރާއްޖެއާއި އަވައްޓެރި ގިނަ ގައުމުތަކުންވެސް މި ބަލީގެ ކޭސްތައް ފެނުނުއިރުވެސް, މި ސަރުކާރުން ރާއްޖޭގައި މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައެއް ނުވެއެވެ.

ރައްޔިތުންގެ އާންމު ސިއްހަތަށް އެއްވެސް ފަރުވާލެއް ނުބެހެއްޓި ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަގާމްތައް އިތުރުކުރުމާއި, ސިޔާސީ ބޭނުން ބޭކާރު ޚަރަދުތައް ދައުލަތުގެ މާލިއްޔަތުން ކުރުން މެކުހަށް ޖައްސާފައެވެ.