ޚަބަރު

އެމްޕޮކްސް ރާއްޖެއަކުން ނުފެނޭ: ޚަލީލް

ދިޔަވަރު
އެމްޕޮކްސް ރާއްޖެއަކުން ނުފެނޭ: ޚަލީލް

ރާއްޖެއިން އެމްޕޮކްސް ފެނިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގު ކޮށްފިއެވެ. އަދި މިވާހަކަ ހެލްތު މިނިސްޓަރ ޚަލީލު ވެސް ވަނީ ދޮގު ކޮށްފައެވެ.

ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް  ބުނެ ފެތުރެމުން ދާ ވާހަކަތައް ދޮގުކޮށް އެޗްޕީއޭއިން ބުނީ މިއަދާ ހަމައަށް ރާއްޖޭގައި އެ ބަލީގެ އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާކަމަށެވެ. 

ނަމަވެސް އެފަދަ ބައްޔެއް މިއަދާއި ހަމަ އަށް ރިކޯޑް ކުރެވޭނީ، އެފަދަ ބައްޔަކަށް ޓެސްޓް ކުރެވޭނޭ ގޮތެއް އޮވެގެންނެވެ. މި ސަރުކާރުން އެމްބޮކްސް އަށް ޓެސްޓް ކުރެވޭނޭ ގޮތް ގާއިމް ކުރެވުނީ އިއްޔެގެ ވަގުތެއްގައެވެ. އެއްމަސް ދުވަހުގެ ވަގުތަކީ އެބަލި ޖެހި އެބަލިން ރަނގަޅުވާހާ ވަގުތެވެ.

މި ބަލިން ރައްކާތެރުވުމަށް ރާއްޖޭގެ ފިޔަވަޅުތައް އަޅާ ތައްޔާރަށް އޮތްކަން ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ސަރުކާރަށް ތައްޔާރީ ޚާލަތަށް އާދެވުނީ އިއްޔެއެވެ.

އެފްރިކާ ސަރަހައްދުން ފެނުނު މި ބަލި މިހާރު ވަނީ  ދިވެހި ދަތުރުކޮށް އުޅޭ ބައެއް މި ސަރަހައްދުގެ ގައުމުތަކުންވެސް ފެނިފައެވެ.