އެއްވެސް ޤައުމަކާއި ކުރީ ސަރުކާރުން ދިފާޢީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި ނަމަ، އެއީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނޭކަމެއް ކަމަށް ދޭހަވާހެން، ވާހަކަ ފެތުރި ފަރާތްތައް މިއަދު ވެރިކަމަށް އައިސް، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ޗައިނާއާއި އެކު މަޝްވަރާ ކޮށްފިއެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް އެޑްމިރަލް ޑޮންގް ޖޫންއާ ބައްދަލުކުރައްވައިފައިވަނީ 11 ވަނަ ބެއިޖިންގް ޒިއަންގްޝަން ފޯރަމްގެ ހަވާސާގައެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.