ޗައިނާ އާއި އެކު މިލިޓަރޒި ގުޅުން ބަދަހި ކުރުމަށް އެއްބަސް ވެގެން، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސްވުމެއްގަިއ ސޮއިކޮށްފިއެވެ.
ޗައިނާއާއި އެކު މިލިޓަރީ ގުޅުން ބަދަހި ކުރުމަށް މި ވަގުތު ޑިފެންސް މިނިސްޓަރ ހުންނެވީ ޗައިނާގައެވެ. އަދި ޗައިނާގެ ކައުންޓަރޕާޓް އާއި ބައްދަލު ކޮށްފައި ވާކަން ރާއްޖޭގެ ޑިފެންސް މިނިސްޓަރ ޔަގީން ކޮށްފައި ވާއިރު މި ބައްދަލުވުމުގައި މިލިޓަރީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާގެ ޓްވީޓްގައި ވެއެވެ.
ދެ ގައުމުގެ ފައިސާއިން ވިޔަފާރި ކުރެވޭ ގޮތް ހެދުމަށް އެމްއޯޔޫއެއްގައި ސޮއެ ކުރި ނަމަވެސް މިކަން ފެށޭނެ ތާރީހެއް ސަރުކާރުން ހާމަ ނުކުރެއެވެ. އަދި މިކަމަށް ދެ ގައުމުން ތައްޔާރު ވެފައިވާ މިންވަރެއްވެސް އެނގޭކަން ނެތެވެ.
ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށް އެއިން އަސަރު ކުރާހެން އެއްވެސް ޤައުމަކާއި ގުޅުން ނުބާއްވާނެ ކަމަށް ވައުދުވެ ފައިވާ މުއިއްޒު ދަނީ ރަތް ރޮނގު ހުރަސްކޮށް ޗައިނާއާއި ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.